English Edition
Dhivehi Edition

މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއް ސުއޫދު ޖުޑިޝަރީ އާއި ބެހޭ ގޮތުން ދެއްކި ވާހަކަތަކަކީ ރަސްމީ ހައިސިއްޔަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، މިނިވަން ޖުޑީޝަރީ އަޅުވެތިކޮށް، ގައުމު ހަލަބޮލިކުރަން ދެއްކި ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ

ކްރިމިނަލް ކޯޓުގައި މިހާރު ތިއްބެވި ފަނޑިޔާރުންނާ އެކު އެ ކޯޓުން އިންސާފު ނުލިބޭނެ ކަމަށް ވިދާޅުވެ، އެ ކޯޓާ ބެހޭ ގޮތުން، ސުއޫދު ދެއްކެވި ވާހަކަތައް ދޮގުކޮށް އެ ކޯޓުންބުނީ މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އުފެއްދި ކޮމިޝަނުގެ ބޭނުމަކީ ވަކި މައްސަލަތަކެއް ބެލުން ކަމަށެވެ. އެހެންކަމުންސުއޫދު ދެއްކެވި ވާހަކަތަކަކީ ކޮމިޝަންގެ އިހްތިސާސުން ބޭރުން ދެއްކެވި ވާހަކަތަކެއް ކަމަށް ކްރިމިނަލް ކޯޓުންވަނީ ބުނެފައެވެ

މީގެ އިތުރުން ސުއޫދުވަނީ ކޯޓުގެ ހުރުމަތްކެނޑޭހެން މީޑިއާގައި ވާހަކަ ދައްކައި ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާ މެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް ދެއްކުމުގެ ގޮތުން ހުސްނުއްސުއޫދު ދައްކާފައިވާ ވާހަކަތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ

މީގެ އިތުރުން ކޯޓުން ނެރުނު ބަޔާނުގައި ބުނީ ކޮމިޝަނުން ކިތަންމެ ރަނގަޅަށް މައްސަލަ ބެލިކަމުގައި ވިޔަސް ކްރިމިނަލް ކޯޓުން އިންސާފު ނުލިބޭނެ ކަމަށް ސުއޫދު ވިދާޅުވުމަކީ އެ ކޯޓުގެ ފަނޑިޔާރުންނާ މެދު ސުއޫދު ވަކި ގޮތެއް ނިންމަވައިގެން ދެއްކެވި ވާހަކަތަކެއް ކަމަށެވެ.އެހެންކަމުން ކްރިމިނަލް ކޯޓާއި އެތަނުގެ ފަނޑިޔާރުންގެ ހުރުމަތް ކެނޑޭނެހެން ކުރާ ކަންކަން ބަލާނެ ކަމަށް އެ ކޯޓުންވަނީ ބުނެފައެވެ.