English Edition
Dhivehi Edition

ކަލާސް އިންދައްކާ ރިއަލިޓީ ޝޯވް ބިގްބޮސް12 ކާމިޔާބް ކޮށް ދީޕިކާކައްކަރް އާދީއްތަދުވަހުގެ ރޭ ޓޮފީ އުފުލާލައިފި އެވެ.

މިއަހަރުގެ ޝޯވްގެ އެންމެ ގިނަވޯޓް ހޯދާ ދީޕިކާއާ ވާދަކޮށްފައިވަނީ ސްރީސަންތްއެވެ. ބިގް ބޮސް ކާމިޔާބު ކުރި ދީޕިކާއަށް ޓްރޮފީއާއެކު 30 ލައްކަ ރުޕީސް ލިބުނުއިރު ސްރީސާންތާއި ވާދަކޮށް ދީޕިކާ ޝޯ ކާމިޔާބު ކުރުމުން ސްރީސާންތާއި އޭނާގެ ސަޕޯޓަރުންނަށް ވެސް ބަލި ގަބޫލުކުރަން ވަނީ ދަތިވެފައެވެ.

ވަރަށް ގިނަމީހުންގެ މަގްބޫލް ޝޯވް އެއްކަމަށް ވާ ބިގްބޮސް ގެ މިފަހަރުގެ ސީޒަން ނިމިގެންދިޔަ ގޮޮތާއި މެދު ވަރަށްގިނަ މީހުންތިބީ ނުރުހިފައެވެ. ގިނަމީހުން ދެކޭގޮތުގައި މިޝޯވްގެ އަސްލު ވިނާއަކީ ސްރީސަންތްއެވެ.

ހަމައެހެންމެ މިދިޔަ އަހަރުގެ ޝޯވް ނިމިގެން ދިޔަގޮތާމެދު ވެސް އެތައް ބެލުންތެރިންނެއް ވަނީ ނުރުހުން ފާޅުކޮށްފައެވެ. ޔޭރިޝްތާ ކިޔާ ކެހެލާތާހޭއިން ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ހީނާ ހާން އާއި ވާދަކޮށް މިދިޔަ އަހަރުގެ ބިގްބޮސް 11 ކާމިޔާބް ކޮށްފައިވަނީ ޝިލްޕާ ޝިންދޭ އެވެ. މި ޝޯވްއަކީ މިހާރު ފޭކްޝޯވް އެއްކަމަށް ބުނެ އެތައްބަޔަކު ދަނީ ސޯސަޝް މީޑިއާގައި ނުރުހުން ފާޅުކުރަމުންނެވެ.

މިއަހަރުގެ ބިގްބޮސް ޝޯވް ގައި 16 ބައިވެރިން ބައިވެރި ވެފައިވާއިރު 105 ދުވަސް ވަންދެން ޝޯވް ކުރިއަށް ގެންގޮސްފައި ވެއެވެ.

ޓެގު