English Edition
Dhivehi Edition

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށި ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު މުސްތަފާއަށް ދީފި އެވެ

މުސްތަފާއަށް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތުދީފައިވަނީ މީގެ ކުރިން ބޭއްވި މަޖިލިސް އިންތިޚާބު ކާމިޔާބުކުރުމަށް ފަހު ޕާޓީ ބަދަލުކުރި މައްސަލާގައި އެމްޑީޕީގެ މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަތުމުންނެވެ

ޕްރައިމަރީގައި ވާދަކުރުމަށް މުސްތަފާ ހުށެހެޅި ފޯމް ބާތިލްކޮށް އޭނާއާއި މެދު ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި މައްސަލަ ބެލުމަށްފަހު، ފިޔަވަޅު އަޅާ ކޮމެޓީން އިއްޔެ ނިންމާފައިވަނީ، އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބުވުވުމަށްފަހު ޕީޕީއެމަށް ބަދަލުވުމަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާޓީގެ އުސޫލުތަކާއި ހިލާފަށް ކުރެއްވި ކަމެއް ކަމަށެވެ. އެހެންކަމުން ޕާޓީގެ އެތެރޭގެ އެއްވެސް އިންތިޚާބެއްގައި މުސްތަފާއަށް ވާދަކުރެވޭނީ އާއްމު މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގެން މިއަދުގެ 2:00ގެ ކުރިން ބަޔާނެއް ޝާއިއުކުރުމަށްޓަކައި އެކަން ހުށަހެޅުމުންކަމަށެވެ

މުސްތަފާ ވަނީ އެ މުއްދަތުގެ ކުރިން މާފަށް އެދި ބަޔާން ޝާއިއުކުރުމަށް ފޮނުވާފަ އެވެ