English Edition
Dhivehi Edition

ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.

މުސްތަފާގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރީ އިލެކްޝަންސް ކޮމިޝަނުން އޭނާގެ ގޮނޑި ގެއްލުން ކަމަށް ނިންމި ނިންމުން މުސްތަފާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުންނެވެ.

މެންބަރު މުސްތަފާގެ މެންބަރުކަން ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާއެކު، މަޖިލީހުގައި ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން މީގެ ކުރިން ނިންމި 12 މެމްބަރުންގެ ތެރެއިން ނުވަ މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިހާރު ވަނީ ނިންމާފައެވެ.

މުސްތަފާގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅީ އިދިކޮޅު ފަރާތްތަކުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަބްދުﷲ މަސީހު ދުރުކުރަން ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވުމުންނެވެ.