English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލީހުގެ ޕާކިން ޒޯންގައި އޮތް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާގެ ކާރު އެތަނުން ނެގުމަށް ޓްރެފިކް ފުލުހުންނަށް އިކޮނޮމިކް މިނިސްޓްރީއިން އަންގާފައިވާ ކަމަށް މުސްތަފާ ވިދާޅުވެއްޖެއެވެ

މިކަމާއި ގުޅިގެން ގިނަ ޓުވިޓްތަކެއް ކުރައްވަމުން މުސްތަފާ ވިދާޅުވީ އެތަނަކީ އިކޮނޮމިކް މިނިސްޓްރީއާއި ބެހޭ ތަނެއް ނޫން ކަމަށާއި އެކާރު އޮތީ މަޖިލީހުގެ ޕާކިން ޒޯންގައިކަމަށެވެ. އަދި މުސްތަފާއަކީ އަދިވެސް ތިމަރަފުށީ ދާއިރާގެ މެމްބަރުކަމަށެވެ

ޕީޕީއެމްއިން ވަކިވެވަޑައިގަތުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެމްބަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މުސްތަފާ ވިދާޅުވީ އޭ-180 މޮޑެލްގެ މާސިޑީޒް ބެންޒް ކާރެއް ފޭރިގަތުމަކުން ކަންބޮޑު ނުވާކަމަށާއި ޕީޕީއެމްއިން ކެނޑިގެން އައިފަހުން 7 މިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުރި 5000 ޓަނުގެ އާގު ބޯޓެއް ވެސް ފޭރިގަނެފަ ވެއްޖެކަމަށެވެ. މީގެ އިތުރުން މުސްތަފާ ވިދާޅުވީ މީގެ 25 އަހަރުކުރިން ތިލަފުށިން ނަގާފައި ހުރި ބިންތަކާއި މުދަލާއި ޢިމާރާތްތައް ވެސް ފޭރިގަންނާނެކަމުގެ އިންޒާރު ވެސް ލިބެމުންދާ ކަމަށެވެ