އައްޑޫ ސިޓީގެ ކަރަންޓު މަޝްރޫޢުގެ އަސްލު އަގަކީ 22.5 މިލިއަން ޑޮލަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Adduge karant masroou ge aslu agakee 22.5 million dollar mi 37.5m dollar eh noon, e masroou In ves 15 million dollar kaali. Maana akee Addu Rahyithun ge athun 15 million dollar kaalaafi ey. Eii 230 million rufiyaa, Addu ga ves 3 iru nukaa e thah Rahyithunneh e ba thibi.
— Mohamed Musthafa (@Thimarafushi) October 26, 2019
އެ ޓްވީޓްގައި މުސްތަފާ ވިދާޅުވެފައި ވަނީ އައްޑޫގެ ކަރަންޓު މަޝްރޫޢުގެ އަސްލު އަގަކީ އެއްބަސްވި 37.5 މިލިއަން ޑޮލަރު ނޫން ކަމަށާއި، އެ މަޝްރޫޢިންވެސް 15 މިލިއަން ޑޮލަރު ކާލާފައިވާ ކަމަށެވެ.
“މާނައަކީ އައްޑޫ ރައްޔިތުންގެ އަތުން 15 މިލިއަން ޑޮލަރު ކާލައިފިއޭ. އެއީ 230 މިލިއަން ރުފިޔާ. އައްޑޫގައިވެސް ތިން އިރު ނުކާ އެތައް ރައްޔިތުންނެއް އެބަތިބި”، މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ މިމޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، މިދިޔަ ބުދަ ދުވަހު ވަނީ އައްޑޫ ސިޓީގެ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައި ބޮޑު މަޝްރޫޢެއް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފަ އެވެ. އެގޮތުން އައްޑޫގައި 20 މެގަވޮޓްގެ ކަރެންޓު އުފެއްދޭނެ ނިޒާމެއް ޤާއިމްކުރުމަށް ބީލަމަށް ނުލައި 37.5 މިލިއަން ޑޮލަރަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ޑޮންފަންގ އިލެކްޓްރިކް އިންޓަނޭޝަލް ކުންފުންޏާ އެވެ.
މި މަޝްރޫޢު ފުރިހަމަ ކުރެވުމުން ދެކުނުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި، މިސަރުކާރުން ދެކުނުގައި ހިންގުމަށް ރާވާފައިވާ އިޤްތިޞާދީ މަސައްކަތްތައް ފެށުމަށް އިތުރު ހަލުވި ކަމެއް ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީ އިން ބުނެއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖައްސާނީ ޑޮންފަންގ ކުންފުނިން ކަމުގައިވާއިރު، އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި މި މަޝްރޫޢުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.