ލޯތްބަކީ ކަނު އެއްޗެކޭވެސް ބުނެއުޅެއެވެ. އަދި ލޯތްބަކީ ފުރަތަމަ ނަޒަރުންވެސް ވެވޭ އެއްޗެއް ކަމަށް ބުނާމީހުން ވެސް މަދެއްނޫނެވެ. ކޮންމެ ތަނެއްގައި ހުއްޓަކަސް ކިތަންމެ ބިޒީ ދިރިއުޅުމެއްގައި އުޅުނަސް އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައި އަވަދި ނެތި އުޅުނަސް ހަގީގީ ބައިވެރިޔާ އާ ބައްދަލު ވުމާއެކު ލަހެއް ފަހެއް ނެތި ލޯބި ވެވެއެވެ. ސާފު ލޯތްބަކީ ވަރަށްވެސް މާތް އެއްޗެކެވެ.
ފްލައިޓް ދަތުރުމަތީގައި ލޯބިވެރިޔާ އާދިމާވުމަކީ ހީވެސް ނުކުރާހާ ހަލުވިކޮށް ހިނގަމުންދާ ކަމެއްކަމަށް ދިރާސާތަކުން ދައްކައެވެ. އެގޮތުން އެޗްއެސްބީސީ އިންއެކި ގައުމުތަކުގެ 5000 ފަތުރުވެރިން ގެ ދެމެދުގައި ސާވެއެއް ކުރިއެވެ. މިސާވޭގެ ނަތީޖާގައި ދައްކާގޮތުން ކޮންމެ 50 ހަކުން އެކަކު ބުނެފައިވަނީ އޭނަގެ ލޯބިވެރިޔާ އާއި ދިމާވެފައިވަނީ ޕްލައިޓް ދަތުރުމަތީގައި ކަމަށެވެ.
މިސާވޭ ހަދާފައިވަނީ 2018 ވަނައަހަރު ޖުލައި މަހު 141 އެއް ގައުމުގެ މީހުން ބައިވެރިކޮށްގެންނެވެ. މި ދިރާސާގައި ބުނާގޮތުން %16 މީހުންވަނީ ވިޔަފާރީގެ ކަންތަކުގައި އެކަކު އަނެކަކާ ގުޅިފައެވެ. %14 މީހުން ވަނީ ފްލައިޓްމަތިން ދިމާވެފައި ގާތްރަހުމަތްތެރިންނަށް ވެފައެވެ. އަދި ހީވެސް ނުކުރާހާ ގިނަމީހުން ގާތްގަޑަކަށް %51 މީހުންވަނީ ދުވަހަކުވެސް ނުދަންނަ މީހުންނާ ފްލައިޓް ދަތުރުމަތީގައި ވާހަކަދައްކާ ގުޅުންބަދަހިކޮށްފައެވެ.
މިދިރާސާ ނިންމާލަމުން ބުނެފައިވަނީ ދަތުރުމަތީގައި ލޯބިވެރިޔަކު ހޯދަން ބޭނުންނަމަ އެޕްތަކެއް ބޭނުންކޮށްގެން 380 އެއާޕޯޓްގެ ފްލައިޓް ދަތުރުތަކުގެ މައުލޫމާތު ހޯދެއެވެ. އަދި މިސޯ ޝަލް ނެޓްވޯކް އެޕްތައް ހާއްސަ ވެފަައިވަނީ ފްލައިޓްތަކުގެ މަތީަގއި އާއި ބޭރުގައި ދަތުރުވެރިންގެ މައުލޫމާތު ހޯދާ ބައްދަލު ކުރެވޭނެގޮތް ތަނަވަސް ކޮށް ދިނުމަށެވެ.