English Edition
Dhivehi Edition

ކޮންމެ އެއާޕޯޓެއްގައި ފްލައިޓްތައް ރަންވޭގައި ޖެއްސުމަށް އަދި ނައްޓާލުމަށް ގަޑިތައް ވާނީ ހަމަޖައްސައިފައެވެ. މިހާރު އިންޓަނެޓްގައި ވައިރަލްވެފައިވާ ވީޑިއޯ އަކުން ފެންނަ ގޮތުގައި ރަންވޭ އެއްގައި ފުރަން ތައްޔާރުވެފައި ބޯޓެއް އޮތްއިރު ފެންނަނީ އަނެއް ބޯޓު ލޭންޑް ކުރުމަށް އަންނަތަނެވެ.

މިވީޑިއޯ ބަލާލުމުން ބިރުން ފިއްކަނޑައިގެންދާ ވަރުވީނަމަވެސް އާންމުކޮށް ނުފެންނަ މި މަންޒަރުން ފެނުނީ ވަރަށް ހުށިޔާރު ކަމާއެކު އެއްބޯޓު ނައްޓާލުމުން އަނެއް ބޯޓު ލޭންޑް ކުރިތަނެވެ. ޓްވިޓާގައި މިވީޑިއޯ މިހާރު 548.5 ހާސްމީހުން ބަލާފައިވާއިރު 3 ހާހަށް ވުރެގިނައިން ރީޓްވީޓް ކޮށްފައި ވެއެވެ.

ޓްވިޓާގައި މިވީޑިއޯ ބެލި ބައެއްމީހުން ބުނެފައިވާގޮތުގައި އެމީހުން މިވީޑިއޯބެލީ ނޭވާ ހިފަހައްޓައިގެން ތިބެއެވެ. އަދި ބައެއްމީހުން ބުނިގޮތުގައި އެމީހުންނަށް މިހާރު ވަނީ އެންޒައިޓީ ޖެހިފައެވެ. މީގެ އިތުރުން އެތައްބަޔަކު ވަނީ މިދެބޯޓުގައި ތިބި ޕައިލެޓުންގެ ހުށިޔާރު ކަމަށް ތައުރީފުވެސް ކޮށްފައެވެ. އަދި އެއްބަޔަކު ބުނާގޮތުގައި މި މަންޒަރަކީ ހޮލީވުޑްގެ ފިލްމެއްގެ މަންޒަރަކަށް ދޫނުކުރާ މަންޒަރެކެވެ.

މި ވީޑިއޯ ޓްވިޓާގައި ވައިރަލްވެފައި ވީނަމަވެސް މިއީ ކޮންގައުމެއްގެ އެއާޕޯޓެއްގައި ހިނގާފައިވާ ޙާދިސާއެއްކަން އެނގިފައި ނުވެއެވެ.

5 ކޮމެންޓް
Heena
މާޗް 19, 2020
Ehves biruverieh noon
އަލަދަޑި ބޮނޑޮ ބާއު ކަލޯ
މާޗް 10, 2020
އައްނާ މަމިހިޝީ ސީލީން ގަނޑި މަތްތެ ބިރުން ހަމަ ??
ރާޢްޕެ
ފެބުރުއަރީ 12, 2020
ލުބުނާ ހާދަ ރީއްޗޭ. ތި ވީޑިއޯ ފެން ނަން އިންނަމަ ވަކިން ރީތިވީސް
Faathuma
ފެބުރުއަރީ 12, 2020
Birun fikkadain hingajje
Bani
ފެބުރުއަރީ 12, 2020
Kobaatha thi video eh fenna goiy hadhaabala