English Edition
Dhivehi Edition

ދެކުނު ޕިލިޕީސްއަށް 7.0 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމަކާއި ގުޅިގެން ޕިލިޕީންސް އަދި އިންޑޮނޭޝިއާ އަށް ސުނާމީގެ އިންޒާރު ކެންސަލް ކޮށްފިއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސަރވިސް އިން ރިޕޯޓް ކުރާގޮތުގައި މިބިންހެލުން އައިސްފައިވަނީ ހެނދުނު 11:39 ވީއިރު ޕިލިޕީންސްގެ އެންމެ ބޮޑު އެއްސިޓީ ކަމަށްވާ ޑަވާއޯ ކައިރިއަށް ކަނޑުއަޑިން 49 ކިލޯމީޓަރު އަޑިއަށް ކަމަށެވެ.

ޔޫއެސް ޕެސިފިކް ސުނާމީ ވާނިނިން ސެންޓަރ އިން ބުނީ، ބިންހެލުން އައި ފިލިޕީންސްގެ ރަށާއި ކައިރީގައި ތިބި ސަރަހައްދު ތަކަށާއި އިންޑޮނޭޝިއާ އަދި ޕިލިޕީންސްގެ ޕަލައުއަށް އެއްފޫޓަށް ވުރެމައްޗަށް ލޮނުގަނޑު އަރައިގެން ދާނެކަމަށް ބެލެވޭކަމަށެވެ.

ސުނާމީގެ ސަބަބުން ކަމާއިބެހޭ ފަރާތްތަކުން ބުނެފައިވަނީ ކަނޑުގެ ލޮނުގަނޑު ހަމައަކަށް އެޅެންދެން ސުނާމީގެ އިންޒާރު ދީފައި ވާ ސަރަހައްދުގެ އާންމު ރައްޔިތުން ރައްކާތެރިވެ ތިބުމަށެވެ. ސުނާމީގެ އިންޒާރު އެންމެ ފުރަތަމަ ދީފައިވަނީ ޕިލިޕީންސް ގަޑިން މެންދުރު 2 ޖެހުމާ ހަމައަށެވެ.

7.0 މެގްނެޓިއުޑްގެ ބާރުމިނުގައި އައި މިބިންހެލުން މިހާރުވަނީ 6.9 މޭގްނެޓިއުޑަށް ދަށްކޮށްފައި އޭގެފަހުން 7.2 އަށް މަތިކޮށްފައެވެ. ނަމަވެސް ކަމާއިބެހޭފަރާތް ތަކުން މިހާރު ވަނީ ސުނާމީގެ އިންޒާރު ކެންސަލްކޮށްފައެވެ.