English Edition
Dhivehi Edition

ކޯލިޝަން ރޫޅާލާނެ މީހަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުވާނެ ކަމަށް، ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ

“އަވަސް ހުކުރު” ޕޮރޮގްރާމްގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ މެދުގައި ޚިޔާލުތަފާތުވުންތައް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ކޯލިޝަން ރޫޅޭ ހިސާބަށް ނުދާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ ކޯލިޝަންގެ ދުޝްމަނަކަށް ނުވާނެކަމަށް އަލީ ވަހީދު ވިދާޅުވިއެވެ

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ މި ކޯލިޝަންއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ވަރުގަދަ އަދި އެންމެ ބަދަހި ކޯލިޝަންކަމަށާއި އަދި އެންމެ ގިނަ ދުވަހު ހިފެހެއްޓި ކޯލިޝަންކަމަށެވެ.”ޑިމޮކްރަސީއަކީ ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރު ހިންގުން މިއަދު ރައްޔިތުން ހޮވީ ކޯލިޝަން ސަރުކާރެއް. އަދި ސުލްޙަ މަސަލަސްކަން އޮންނާނީވެސް ކޯލިޝަން ދެމިއޮވެގެން” އަލީ ވަހީދު ވިދާޅުވިއެވެ.