2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާސަންދައިގެ ތެރެއިން ހިލޭ ތެެރަފިއުޓިކް ހިދުމަތްތަށް ފޯރުކޮށްދޭނެކަމަށް ޖެންޑާ މިނިސްޓަރ ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ތެރެޕެއުޓިކް ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމަށް މިއަދު ޤައުމީ ޔުނިވާސިޓީގެ މައި ހޯލްގައި ބޭއްވި ރަސްމިއްޔާތު ޝިދާތާ ވިދާޅުވީ ، ހިލޭ ތެރަފިއުޓިކް ހިދުމަތްތައް ފޯރުކޮށްދޭން ފެށުމުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ
މީގެ އިތުރުން ޝިދާތާ ވިދާޅުވީ މި ހިދުތައް އެދި ހުށައަޅާ ފޯމު ހުށައެޅުމާއި، މި ހިދުމަތާއި ގުޅޭ މަސައްކަތް އާސަންދަ އޮފީހުންނާއި އެންސްޕާގެ އޮފީހުން ލިބިގެންދާނެކަމަށެވެ.އަދި މި ހިދުމަތްތައް ރަސްމީ ގަޑީގައި ލިބޭނެ ގޮތްތައް އެހެން މުވައްސަސާތަކާއި އަދި ހޮސްޕިޓަކުތަކާއި ވާހަކަދައްކައިގެން ލިބޭނެ ގޮތް އިންތިޒާމުކުރަމުންދާ ކަމަށް ޝިދާތާ ވިދާޅުވިއެވެ. “ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ އަތޮޅުތަކުގައި ތިބި އާއިލާތަކަށްވެސް އެ ހިދުމަތް ފަސޭހައިން ލިބޭނެ ގޮތް ފަހިކުރުމަށް މަސައްކަތް ކުރަމުންދަނީ” ޝިދާތާ ވިދާޅުވިއެވެ
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެެރަފިއުޓިކް ހިދުމަތްތަށް އާސަންދައިގެ ތެރެއިން ހިލޭ ފޯރުކޮށްދިނުމަކީ ރައީސް ޞޯލިހުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ