English Edition
Dhivehi Edition
ތ. ތިމަރަފުށި - ފޮޓޯ: ފޭސްބުކް (ތިމަރަފުށި އޮންލައިން)

ނުކުޅެދުންތެރިކަން ހުންނަ މީހަކު ވެެއްޓިފައި އޮއްވާ، އެމީހާގެ ފޯނު ވަގަށް ނެގި މައްސަލަ ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ތ. ތިމަރަފުށީގައި ޚާއްސަ އެހީއަށް ބޭނުންވާ މީހަކު މަގުމައްޗަށް ވެއްޓިފައި އޮއްވާ، އެމީހާގެ ޖީބުގައި އޮތް މޯބައިލް ފޯނު ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ކުރި މަސައްކަތުން އެ ފޯނު ވިއްކަން އުޅެނިކޮށް ހޯދުމަށްފަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، އެ މައްސަލައާއި ގުޅިގެން 30 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ފޯނު، އޭގެ ވެރިފަރާތާއި އަނބުރާ ހަވާލުކޮށްފައިވާ ކަމަށާއި، މިހާރު އެ މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.