English Edition
Dhivehi Edition
އައްޑޫ ސިޓީ ހިތަދޫގެ މަތިން ނަގާފައިވާ މަންޒަރެއް - ފޮޓޯ: ޑްރޯންސްޓަގްރާމް/މުޙައްމަދު ޝަރުހާން

އައްޑޫ ސިޓީގައި ޚާއްސަ އެހީއަށް ބޭނުންވާ އަންހެނަކު ރޭޕްކުރި މައްސަލައާއި ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

އުމުރުން 48 އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ އެ އަންހެން މީހާ ރޭޕްކުރި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ. އެ މައްސަލައާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އަދި އެފަދަ މައްސަލަތައް އިތުރުވަނީ އެކަށީގެންވާ ފިޔަވަޅުތައް ނާޅާތީ ކަމަށް ބުނެ މާލޭގައި ވަނީ މުޒާހަރާވެސް ކޮށްފައެވެ.