English Edition
Dhivehi Edition

އާ ގަވައިދު އަޔަސް އަދި އެއްވެސް މުވައްޒަފަކު ވަކި ކުރަން އަންގާފައި ނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން(ސީއެސްސީ)އިން ވިދާޅުވެއްޖެއެވެ. މިގޮތުން ސިވިލް ސާވިސްއިން ވިދާޅުވީ މުވައްޒަފުންނާ ގުޅޭ ގޮތުން އަލަށް އެކުލަވައިލި ގަވައިދާ އެކު، މުވައްޒަފުންތަކެއް ވަކި ކުރަން އެއްވެސް އިދާރާއަކަށް އަންގާފައި ނުވާނެކަމަށެވެ.

ސިވިލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަލަށް އެކުލަވައިލި އުސޫލަކީ މުވައްޒަފުން ދޫކޮށްލުމުގައި ބަލާ ހާލަތްތަކަށް އަމަލު ކުރުމުގައި އެކި އިދާރާތަކުން އެކި އުސޫލު ގެންގުޅޭތީ އެއް އުސޫލަކުން އެކަން ކުރުމަށްޓަކައި އެކުލަވައިލި އުސޫލެއް ކަމަށެވެ.

ހައުސިން މިނިސްޓްރީގެ 40 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާއިރު އެ މިނިސްޓްރީގެ މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯދަން މަޝްވަރާ ކުރަމުގެ މަސައްކަތް މިނިސްޓްރީން މިހާރު ވަނީ ފަށައިފައެވެ.
ހައުސިން މިނިސްޓްރީގެ 40 މުވައްޒަފެއްގެ ވަޒީފާ ގެއްލުމުގެ ބިރު ހީވީ ސިވިލް ސާވިސްގެ އާ އުސޫލުގައި ޖީއެސް3 އަދި ޖީއެސް4 ރޭންކުގެ މުވައްޒަފުން ނުހިމެނޭތީއެވެ. އެކަމަކު، އެ ރޭންކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ހައުސިން މިނިސްޓްރީގައި އުޅެއެވެ.