English Edition
Dhivehi Edition

20 އަހަރު ވަންދެން މެދުކެނޑުމެއްނެތި ހަދަމުން އައިސް މިހާތަނަށް އިންޑިޔާގައި ހުޅުވާ އެންމެ ދިގު ރޭލު ބުރިޖު އީޔެ އިންޑިޔާގައި ހުޅުވައިފިއެވެ.800 މިލިއަން ޑޮލަރު ޙަރަދުކޮށްގެން ބިނާކުރި މި ބުރިޖު ހުޅުވާދެއްވީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ.މި ބުރިޖުގެ ބިންގާ އަޅުއްވާދެއްވީ ކުރީގެ އިންޑިޔާގެ ބޮޑުވަޒީރު ދީވް ގައުޑާ,1997 ވަނަ އަހަރުގެ ޖަނަވަރީ 22 ގައެވެ.

5 ކިލޯމީޓަރުގެ މި ބުރިޖަކީ ޒަމާނީ ފެންވަރަށް ވިސްނައިގެން މިލިޓަރީ ގޮތުން ބޭނުންކުރެވޭ ފެންވަރަށް ފަރުމާކޮށްފައިވާ ބުރިޖެކެވެ. މިގޮތުން މި ބުރިޖުގެ އެތެރެއިން ރޭލަށް ދަތުރު ކުރެވޭއިރު ބުރިޖުގެ މަތިން ވެހިކަލްތަކަށް އަދި ބުރިޖުގެ މަތީގައި ހަނގުރާމަމަތީ މަތިންދާ ބޯޓު ޖެއްސޭނެއެވެ. އަދި އިންޑިއާގެ އަސްކަރިއްޔާގައި ބޭނުންކުރާ ބަރުދަނުގައި 60 ޓަނު ހުންނަ އަސްކަރީ ޓޭންކްތަކަށްވެސް މި ބުރިޖުން ފަސޭހަކަމާއެކު ދަތުރުކުރެވޭނެއެވެ.

އިންޑިއާއިން ބޮޑު ޙަރަދެއް ކޮށްގެން ވިހި އަހަރުތެރޭ މި ބުރިޖު ބިނާކުރީ، އިންޑިއާއާއި ޗައިނާ ވަކިކުރާ ނާޒުކު ސަރަހައްދީ އިމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުންނެވެ. މި ބުރިޖަކީ އިންޑިއާގެ އުތުރުއިރުމަތީ ބޮޑު ސްޓޭޓެއް ކަމަށްވާ އާސާމްގައި ބިނާކޮށްފައިވާ ބުރިޖެކެވެ. އާސާމްއިން އަރުންޗާލް ޕްރަދޭޝްއަށް ފަސޭހައިން އަދި އަވަހަށް މި ބުރިޖުން ދަތުރުކުރެވޭނެއެވެ.