ރޭ ފަތިހުން ފެށިގެން ކުރަމުން ދިޔަ ވިއްސާރައިގައި މާލޭގެ ބޮޑުވެއްޖެއެވެ. ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ މަގުމަތީގައި ދަތުރުފަތުރުކުރަން އުނދަގޫވުމާއި ގުޅިގެން ސިފައިން މިހާރު ވަނީ ފެން ހިއްކަން ނިކުމެފައެވެ.
އެމްއެންޑީއެފް އިން މިއަދު ވިދާޅުވީ މާލެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން އެމަގުތަކުގައި ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މިހާރު ފެންހިއްކަމުން ދަނީ އައިޖީއެމްއެޗް ކައިރިޔާއި ވެސްޓް ޕާކް ކައިރިޔާއި ބޮޑުތަކުރުފާނު މަގުގެ ފެންހިންދާ ވަޅުން ކަމަށެވެ.މިމަހު ކުރީކޮޅު ވެސް މާލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައިވާއިރު އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ މިސަރަހައްދު ތަކުގައެވެ.
މިއަދު މާލޭގައި ފެންބޮޑުވެފައި ވާއިރު މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ މިއަދު 11:00 އާއި ހަމައަށް ހއ.އަތޮޅާއި ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށް ވައިޓް އެލާޓްވެސް ނެރެފައެވެ.