English Edition
Dhivehi Edition

ލަވަކިޔުންތެރިއާ އަދި އެކްޓްރެސް އެއް ކަމަށްވާ މައިލީ ސައިރަސް އާއި އެކްޓަރ ލިއަމް ހެމްސްވޯތް ކައިވެނިކޮށްފިއެވެ.

މިދެތަރިން ވަރަށް އަވަހަށް ކައިވެނި ކުރާނެކަމުގެ އަޑުފެތުރިފައި ވަނިކޮށް ސިއްރުން ކައިވެނި ކުރިކަން ހާމަވެފައިވަނީ މިދެމީހުންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ކޮންރާޑް ގެ އިންސްޓަގްރާމް ގައި ކައިވެނި ހަފްލާގެ ފޮޓޯ އެއް ޝެއާކުރުމުންނެވެ.

ކޮންރާޑްގެ އިންސްޓަގްރާމް ގައި ހިއްސާކުރި ފޮޓޯގައި ފެންނަނީ މައިލީ އާއި ލިއަމް ކައިވެނި ހެދުމުގައި ކޭކްފަޅާމަންޒަރެވެ. އަދި ފޮޓޯގައި ލިއަމްގެ އާއިލާ މެމްބަރުންނާ އެކު މައިލީގެ އާއިލާ މެމްބަރުންވެސް ފެނެއެވެ.

ރޭޑަށްއޮންލައިންގައި ރިޕޯޓްކޮށްފައި ވާގޮތުގައި މިދެތަރިން މިވަގުތު ކުޑަހަފްލާ އެއްބޭއްވުމަށްފަހު ކައިވެނިކޮށްފައިވަނީ “ފްރޭންކްލިން ޓެނެސް” ގައި ހުންނަ މިދެތަރިންގެ ގޭގައެވެ. ނަމަވެސް އަދި ކައިވެނީގެ ހަފްލާ ލިއަމްގެ އުފަން ގައުމުކަމަށްވާ އޮސްޓްރޭލިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މިދެތަރިން ބުނެފައިވެއެވެ.

އުމުރުން 26 އަހަރުގެ މައިލީއާއި 28 އަހަރުގެ ލިއަމް އެންމެ ފުރަތަމަ ދިމާވެފައިވަނީ 2009 އަހަރު ކުޅުނު ވީޑީއޯ ލަވައަކުންނެވެ. އެއަށްފައު މިދެތަރިން ވަނީ ލޯބީގެ ގޮތުންގުޅި އެންގޭޖްވެ ހަ އަހަރުވަންދެން އެކުގައި އުޅެފައެވެ. ނަމަވެސް ވަކިވުމަށްފައު 2016 ވަނައަހަރު މިދެތަރިންވަނީ އަލުން ގުޅި އެންގޭޖް ވެފައެވެ.