English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖޭޕީ އިން 87 ދާއިރާއަށް ވާދަކުރަން ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމަށްކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެެއްޖެއެވެ

ނަޝީދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް، އިހްތިޔާރު ކުރުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމަށް ޖޭޕީއިން ހުރިހާ ދާއިރާއަކަށްވާދަކުރަން ނިންމުމަކީ ޑިމޮކްރަސީއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި ސަރުކާރު ހިންގުމުގައި އިއްތިހާދު ބަދެހިކޮށް އޮންނާނެކަމީ ކަށަވަރުކަމެއް ކަމުގައި ނަޝީދު ވިދާޅުވިއެވެ

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަ ކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލަން ނިންމިއިރު، އެމްޑީޕީން ކުރިން ވެސް އޮތީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާ އެކަން ފާސްކޮށްފައެވެ

.