English Edition
Dhivehi Edition

އަންނަ އަހަރު ގްރޭޑް އެކެއްގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް އެއްފަހަރަށްވުރެ ގިނަފަހަރު ބޭނުންކުރެވޭ ފުޅި ބެހުމަށް ނިންމާފައިވާކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފިއެވެ

އެންވަޔަރަންމަންޓް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ފުރަތަމަބުރު މި ހަފްތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާއިރު މި ޕްރޮގްރާމްގެ ދަށުން ސްކޫލް ކުދިންނަަށް ބަހާ ފުޅިތަކަކީ ބީޕީއޭ ފްރީ ފުޅިތަކެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީންވަނީ ބުނެފައެވެ

މީގެ އިތުރުން ރާއްޖޭގެ ސްކޫލްތަކުގައި ޕްލާސްޓިކް ފުޅި ބޭނުންކުރުން ހުއްޓާލުމުގެ ގޮތުން ސްކޫލްތަކަށް ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޚާއްޞަ ޕްރޮގްރާމެއް ހިންގުމަށްވެސް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމަނައިގެން، ޕްލާސްޓީކް ފުޅިއާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ޤައުމީ ކެމްޕެއިނެއް ސަރުކާރުންފަށާފައިވާއިރު މި ޕްރޮގްރާމަކީ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ކުޑަކުދިން އަހުލުވެރި ކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނޭ ހަރަކާތެކެވެ