English Edition
Dhivehi Edition
- ސަން ފޮޓޯ/ އަޙްމަދު އަވްޝަން

އަންނަ އަހަރުގެ ދެވަނަ ޓަރމްގައި ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ލިބޭނެގޮތް ހަމަޖައްސާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ

ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށުމާ ގުޅޭގޮތުން ބެލެނިވެރިންނާއި އާންމުންގެ ޚިޔާލު ހޯދުމަށް ބޭއްވި ފޯރަމްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓްގެ ނަތީޖާއަށް ބަލައި ދެވަނަ ޓާރމްގައި ހުރިހާ ސްކޫލެއްގައި ނަސްތާ ލިބޭނެ ގޮތް ހަމަޖައްސާނެކަމަށެވެ.

މީގެ އިތުރުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ ކުދިންނަށް ފޯރުކޮށްދޭ ނާސްތާއަކީ އެންމެ ރަނގަޅު ރައްކާތެރި ނާސްތާއަށް ހެދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރައްވާނެކަމަށާއި ސްކޫލްތަކުގައި ނާސްތާ ދިނުމުގެ ކަންކަން ކުރިއަށްދާއިރު، ދަރިވަރުންގެ އަމަލުކުރާ ގޮތް ވަރަށް ގާތުން ބަލަމުންދާނެކަމަށެވެ

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި، ދަރިވަރުންގެ ސިއްޙީ މަޢުލޫމާތާއި އެނޫންވެސް އެކި މަޢުލޫމާތު، ސްކޫލްތައް މެދުވެރިކޮށް ބަލަމުންދާނެ ކަމަށް މިނިސްޓްރީއިންވަނީ ވިދާޅުވެފައެވެ. އަދި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ކަންކަން ކުރިއަށްދާއިރު، ދަރިވަރުންނަށް ދެ ކާނާއަކީ ރައްކާތެރި ތާޒާ ކާނާތޯ ކަށަވަރުކުރާނެ ކަމަށާއި ކާނާ ތައްޔާރުކުރާ ތަނަކީ އެޗްޕީއޭ އިން ހުއްދަލިބިގެން ހިންގާ ސާފުތާހިރު ތަންތަންތޯ ކަށަވަރުކުރާނެކަމަށްވެސް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ