ޖަރުމަން ބުންޑަސްލިގާ ގައި ރޭ އެއިންޓްރަކްޓް ފްރެންކްފަޓް އާއި އެންމެ ފަހުގެ ލީގު ޗެމްޕިއަން ބަޔާން މިއުނިކް ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ބަޔާން ލީގުގެ ދެވަނަ މަގާމަށް ޖެހިލައިފިއެވެ.
އެންމެ ފަހުން ތިން ސީޒަންގައި ވެސް ޖަރުމަން ލީގު ކާމިޔާބުކުރި ބަޔާން ރޭގެ މެޗު ކާމިޔާބުކޮށްފައިވަނީ 3-0 ލަނޑުގެ ނަތީޖާއަކުންނެވެ. މިމެޗުގައި ދެ ލަނޑު ކާމިޔާބުކޮށް އުމުރުން 35 އަހަރު ފުރިފައިވާ ރިބެރީ ވެފައިވަނީ ބުންޑެސްލިގާ މެޗެއްގައި ބެޔާން އަށް އެއްގޯލަށް ވުރެ ގިނަ ލަނޑު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާއަށެވެ.
ރޭގެ މެޗުގައި ބަޔާންއަށް ދެ ލަނޑު ރިބެރީ ކާމިޔަބުކޮށްދީފައިވާއިރު ބެޔާންގެ ތިންވަނަ ލަނޑު ފުރުހަމަ ވަގުތު ހަމަވާން މިނިޓަކަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިނީ ރަފީނިއާ އެވެ.
ބެޔާން ވަނީ ލީގުގައި އެޓީމް އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެފައެވެ. އަދި މިއާއެކު އެޓީމް ވަނީ 17 މެޗުން 42 ޕޮއިންޓް ހޯދައިގެން ލީގް ތާވަލުގެ އެއްވަނާގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑާ ދެމެދު އޮތް ފަރަގު ހަ ޕޮއިންޓަށް ކުޑަކޮށްފައެވެ.ޑޯޓްމަންޑްއަށް 42 ޕޮއިންޓް ލިބިފައިވާއިރު ބަޔާންއަށް ލިބެނީ 36 ޕޮއިންޓެއެވެ.