English Edition
Dhivehi Edition

ސައުދީ އަރަބިއާގެ ޕްރިންސް ތަލާލް ބިން އަބްދުލް އަޒީޒް އިއްޔެ އަވަހާރަވެއްޖެއެވެ.މިކަން ވަނީ ޕްރިންސްގެ އާއިލާއިންނާއި އެޤައުމުގެ ކޯޓުން ކަށަވަރު ކޮށްދީފައެވެ.87 އަހަރުފުޅުގައި ޕްރިންސެސް އަވަހާރަފުޅުވީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އޮތުމަށްފަހުއެވެ.ޕްރިންސް ތަލާލް އަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒުގެ ބޭބޭފުޅު އަދި ސައުދީ ބިލިއަނަރު ޕްރިންސް ވަލީދު ބިން ތަލާލްގެ ބައްޕާފުޅެވެ.

ޕްރިންސް ތަލާލް އަކީ ސައުދީ ރަސްގެފާނު އަބްދުލް އަޒީޒްގެ 20 ވަނަ ބޭފުޅާއެވެ.

ޕްރިންސް ތަލާލް ވަނީ ސައުދީގެ ކޮމިއުނިކޭޝަންސް މިނިސްޓަރުކަމާއި ފިނޭންސް މިނިސްޓަރުކަން 1950 ހުން 1960 ގެ އަހަރުތަކުގައި ކުރައްވައިފައެވެ.އަދި ޕްރިންސް ތަލާލް ވަނީ ސައުދި އަރަބިޔާގެ ކުދިންނަށް ކިއެވުމުގެ ސްކޮލަރޝިޕްތަށްވެސް ދެއްވާފައެވެ.ޕްރިންސް ތަލާލް ފާހަނގަ ކުރެވެނީ ތައުލީމީ ދާއިރާއަށް ވަރަށް ލޯބިވާ ބޭފުޅެއް ގޮތުގައެވެ.މިގޮތުން ސައުދީ އަރަބިޔާގައި ފުރަތަމަ ފަހަރަށް ހުޅުވި އަންހެން ކުދިންގެ ސްކޫލްވެސް ހުޅުވާ ދެއްވީ ތަލާލްއެވެ.

އެމަނިކުފާނުގެ މައްޗަށް ކަށުނަމާދު ކުރުން އޮންނާނީ މާދަމާ މެންދުރު ނަމާދަށް ފަހު އިމާމް ތުރުކީ ބޮޑު މިސްކިތުގައެވެ