English Edition
Dhivehi Edition

ގަތަރު، އަރަބި ޖަޒީރާ (އެރެބިއަން ޕެނިންސިއުލާ)އިން ވަކިކޮށްލަން ނިންމައިފިއެވެ

ގަތަރުން ޓެރެރިޒަމަށް ވާގިވެރިވާ ކަމަށް ބުނެ މިދިޔަ އަހަރު ސައުދީން އެ ގައުމާ ހުރިހާ ގުޅުންތަކެއް ކނޑާލާފައިވާއިރު ސައުދީގެ ނިންމުމާ އެކު، އަރަބި އިސްލާމީ ގިނަ ގައުމުތަކަކުންވެސް ވަނީ ގަތަރާ ގުޅުން ކަނޑާލައިފައެވެ

ސައުދީ އަރަބިއްޔާއިން އެގައުމާއި ގަތަރާ އެއްގަމު މަގުން ގުޅޭ ސަރަހައްދީ ރޮނގުގައި ކެނަލްއެއް ކޮނުމަށް ނިންމާފައިވާއިރު އެ ސަރަަހައްދުގައި ކެނަލްއެއް ކޮނުމަށް މިމަހު 25 ވަނަ ދުވަހު ބީލަަމަށްލާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ގަތަރާ އެއްގަމު މަގުން ސައިދީ އާއި ގުޅޭ ސަރަހައްދީ ރޮނގުގައި ކެނަލްއެއް ކޮނުމުން ޝިބުހު އަރަބި ޖަޒީރާގެ މައި ބިމުން ގަތަރު ވަކިވެ، ވަކިން އޮންނަ ރަށަކަށްވާނެއެވެ

އެރެބިއަން ޕެނިންސިއުލާގައި ހިމެނޭ ގައުމުތަކަކީ ގަތަރުގެ އިތުރުން ޔަމަނު، އޮމާން، ބަހްރައިން، ކުވައިތު، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އެރެބް އެމިރޭޓްސް އަދި އިރާގާއި އުރުދުންގެ ބައެކެވެ.

ސައުދީން ވަނީ ގަތަރާ ގުޅޭ ބޯޑަރުވެސް މިދިޔަ ޑިސެމްބަރު މަހު ބަންދުކޮށް އެ ސަރަަހައްދުގައި އުޅުނު ގަތަރުގެ ޖަނަވާރުތައްވެސް ސައުދީން ބޭރުކޮށްލައިފައެވެ