English Edition
Dhivehi Edition

ވޯލްޑް ކަޕް 2018 ގައި ކުޅޭ ސައުދީ ގައުމީ ޓީމް ދަތުރުކުރަމުން ދިޔަ ފްލައިޓްގައި އަލިފާން ރޯވެއްޖެއެވެ

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ ސައުދީގެ ޓީމް ދަތުރު ކުރަމުން ދިޔަ ރަޝިޔަން އެއަރލައިންގެ A319-100 ގައެވެ. ފްލައިޓްގެ އިންޖީނެއްގައި ރޯވެ ވައިގެތެރޭގައި ހިނގި މި ހާދިސާގައި ޓީމްގެ އެއްވެސް ކުޅުންތެރިއަކަށް ގެއްލުންވެފައިވާ ނުވާކަމަށް މީޑީއާ ރިޕޯޓްތައްވަނީ ބުނެފައެވެ

ވޯލްޑްކަޕްގައި ސައުދީ ޓީމް ކުޅޭ ދެ ވަނަ މެޗް ކުޅުމަށް ރަޝިޔާގެ ރޮސްޓްރޯވްއަށް ދަތުރު ކުރަމުން ދަނިކޮށް ހިނގި މި ހާދިސާއާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާއިރު މި ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބު މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ