English Edition
Dhivehi Edition

ގާތްގަނޑަކަށް ދުނިޔޭގެ ދެބައިކުޅަ އެއްބައި މީހުން މިފަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްބެލި ކަމަށް ޕަބްލިކް މީޑިއާ ސްޕޯޓްސް އެންޑް އެންޓާޓައިންމަންޓުން ބުނެފިއެވެ.ޕީއެމްއެސްއީ އިން ބުނީ މިފަހަރުގެ ވޯލްޑް ކަޕް ބެލި މީހުންގެ އަދަދު ގާތްގަނޑަކަށް 3.57 ބިލިއަނަށް އަރާ ކަމަށެވެ.ފުޓުބޯޅައަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ޝައުގުވެރިވާ އެއް ކުޅިވަރަށް ވީއިރު މިއީ ފުޓުބޯޅައިގެ ދުނިޔެއަށް މީހުން ފޯރިހުންނަވަރު ދައްކުވައިދޭ އެއް ހެއްކެވެ.

މި އަހަރުގެ ވޯލްޑްކަޕް ރަޝިޔާގައި އޮތް އިރު އެ ޤައުމަށް ވޯލްޑްކަޕް ބަލަން 3 މިލިޔަން މީހުން ވަނީ ޒިޔާރަތް ކޮށްފައެވެ.އަދި ރަޝިޔާގެ ރައޯސް ވްލަޑްމިއަރ ޕޫޓިން ވަނީ މި އެންމެންނަށް އެއް އަހަރުވަންދެން ހިލޭ ވިސާ ދީފައެވެ.ވޯލްޑް ކަޕްގެ ފައިނަލް ލައިވްކޮށް ބެލިމީހުންގެ އަދަދު ބިލިއަނަކަށް އަރާކަމަށް ފީފާގެ ފަރާތުން ސާވޭ ކުރި ފަރާތުން ބުނިއެވެ.އަދި އިންގްލެންޑާއި ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު ބެލި މީހުންގެ އަދަދު 327.5 މިލިއަނަށްވުރެ އިތުރު ކަމަށެވެ.

ޕަބްލިސިސް މީޑިއާ ސްޕޯޓްސްއިން ބުނެފައި ވަނީ ކުރީ އަހަރުތަކާ ހިލާފަށް، މިއަހަރުގެ ވޯލްޑް ކަޕްގައި ކަވަރޭޖް އެކީއެކައްޗަކަށް ބެލުމަށް މީހުން ގިނަ ވަގުތުތަކެއް ހޭދަކުރި ކަމަށާއި، ޑިިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށްވެސް ގިނަ ބަޔަކު ވޯލްޑް ކަޕް ބަލާފައިވާ ކަމަށެވެ.ޖޫން މަހުގެ 14އިން ޖުލައި 15އަށް ކުރިއަށް ދިޔަ ވޯލްޑް ކަޕްގައި ޖުމްލަ 64 ޓީމަކުން ވާދަކުރިއެވެ. ރަޝީޔާގެ ފުރިހަމަ އިންތިޒާމްތަކާއެކު ކުރިއަށްދިޔަ ވޯލްޑް ކަޕްގެ ތާރީހީ ޗެމްޕިއަނުންނަކީ ފްރާންސެވެ.