މިއަހަރު ގަތަރުގައި ބާއްވާ ވަރލްޑް ކަޕްގެ ސެމީ ފައިނަލް ބަލަންދާނެ ނަސީބުވެރިން އުރީދޫ އިން ހޮވައިފި އެވެ.
މި ނަސީބުވެރިން ހޮވާފައިވަނީ ރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ކުންފުނިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެއްގައި ހޮވުނު ނަސީބުވެރިންނަކީ މަރިޔަމް ޝަބްނަމް، އަހުމަދު ޝިހާމް، ހާފިޒު ސައީދު އަދި ސޮމޮރަތަނާ ޔޮޑޭޖް އެވެ.
މި މީހުން ސެމީ ފައިނަލް މެޗު ބަލަން ގަތަރަށް ދިއުމުގެ ހުރިހާ ހަރަދެެއް ބަލަހައްޓާނީ އުރީދޫން ނެވެ.
އޮގަސްޓް މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް އުރީދޫން މި ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ އުރީދޫގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް އެ ކުންފުނީގެ ހިދުމަތް ހޯދަންފަށާ ކަސްޓަމަރުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ނެވެ.
މިގޮތުން ސުޕަނެޓް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނާއި ޕްރީޕެއިޑް ރީޗާޖް ކުރާ ކަސްޓަމަރުންނާއި އުރީދޫ ބިލަށް ފައިސާ ދެއްކުމާއި ޕްލޭނަކަށް އަޕްގްރޭޑް ކުރާ ކަސްޓަމަރުންނާއި މޫލީ މެދުވެރިކޮށް ޝޮޕިން ކުރާ ފަރާތްތައް އަދި އެމް-ފައިސާގެ ހިދުމަތްތައް ބޭނުންކުރާ ހުރިހާ ކަސްޓަމަރުން ވެސް އޮޓޮމެޓިކުން މި ޕްރޮމީޝަނުގައި ވަނީ ބައިވެރިކުރުވާފަ އެވެ.