English Edition
Dhivehi Edition
ފޮޓޯ: ދުވަސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗު، ނައިބު ރައީސް ފައިސަލް ނަސީމް އާއި އެކު ބަލާލުމުގެ ފުރުސަތު މިވަނީ ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ލިބިފައެވެ.

އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ނައިބު ރައީސް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މި ވަގުތު އެ މަނިކުފާނު ހުންނެވީ އުފަން ރަށް ފުވައްމުލައް ސިޓީގައެވެ. ފުވައްމުލައް ސިޓީގައި “ފައިސަލް ކަޕް”ގެ ނަމުގައި މީގެ ކުރިން ބޮޑު ފުޓްބޯޅަ މުބާރާތެއް އިންތިޒާމުކޮށް ކުރިއަށް ގެންދެވި ނައިބު ރައީސް ފައިސަލް އާއި އެކު މިރޭގެ މެޗު ބަލާލުމުގެ ފުރުސަތު އެ ރަށުގެ ރައްޔިތުންނަށް ލިބިފައިވާއިރު މިރޭ ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާނީ، ނައިބު ރައީސް އެންމެ ތާއިދުކުރައްވާ ޓީމް، އާޖެންޓީނާ އަދި ފްރާންސެވެ.

މިރޭ 20:00 ގައި ހާފިޒް އަހްމަދު ސްކޫލުގައި މެޗު ބެލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު މި މެޗު ބަލަންދާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުހުރު އިނާމްތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

May be an image of 2 people and text

ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ މެޗެއް ބަލާލުމުގެ ފުރުސަތު ހޯދައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ.