English Edition
Dhivehi Edition

ސިޔާސީ މަސައްކަތުގައި ކުރިޔަށް ވަޑައިގެންނެވޭނެ ތަނަކަށް މިހާރު އޮތީ މަޖިލިސް ކަމަށާއި، ސަރުކާރާއި، ރައްޔިތުންނަށް ބޭނުންވާ ކަންކަމާއި، ރައްޔިިތުންނަށް ބޭނުންވާ ހައްގުތަށް ކަށަވަރު ކޮށް ދިނުމަށް މަސައްކަތް ކުރަން އެންމެ ރަނގަޅު ތަނަކީ މަޖިލިސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ

ޖަމީލް ވިދާޅުވީ އޭނާ ޤަބޫލު ކުރާ ގޮތުގައި އޭނާގެ ތަޖުރިބާއާއި، އޭނާ އެކަމެއްގެ ފަންނު ލިބިފައި ހުރި ދާއިރާއަށް ބޮޑަށް ކޮންޓްރިބިއުޓް ކުރެވޭނީ މަޖިލިސް ތެރެއިން ކަމަށެވެ.އަދި ވިލިމާލެއަކީ ވަރަށް ގިނަ ކަންތައްތަކެއް ކުރެވެން އޮތް ދާއިރާއެއް ކަމަށާއި، މާލެއަށް އައިސްފައިވާ ތަރައްގީ ވިލިމާލެއަށް ގެންދިއުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ޒަމާނީ ފެރީ ޓާމިނަލް އަކާއި، މުސްތަގުބަލުގައި ވިލިމާލެއާއި، މާލެ ބްރިޖަކުން ގުޅާލެވި، އަދި ވިލިމާލެ ތިލަފުއްޓާއި ބްރިޖަކުން ގުޅާލެވިއްޖެ ނަމަ މި ޒޯން ފުރިހަމަ ވެގެންދާނެ ކަމަށް ޖަމީލް ވިދާލުވިއެވެ.

ޑރ.ޖަމީލް އަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރު ނައިބު ރައީސްއެވެ. ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓާއެކު ނައިބު ރައީސްގެ މަގާމުން ދުރުކުރެވުމުން، ފަހުން ޖަމީލް ދިރިއުޅުއްވީ އިނގިރޭސިވިލާތަށް ވަޑައިގެން އެ ޤައުމުގައެވެ.