English Edition
Dhivehi Edition

66 އަހަރުގެ ރަޝިޔާގެ ރައީސް ލާޑިމިއާ ޕުޓިން އޭނާ ކޮންމެ އަހަރަކުވެސް ދެއްވާ އެންނުއަލް ނިއުސް ކޮންފަރެސްގައި ވާހަކަދައްކަވަމުން ވިދާޅުވީ އޭނާ ކޮންމެހެންވެސް ކައިވެންޔެއް ކުރަން ޖެހޭކަމަށެވެ. ޕުޓިން އަކީ މިހާރު ހުސްހަށިބައި މީހަކަށް ވިއަސް މީގެ 35 އަހަރު ކުރިން ޕުޓިން މީހަކާ ކައިވެނި ކުރިއެވެ. އަދި އެ ކައިވެންޔަށް 2 ބޭކަނބަލުންވެސް ލިބިވަޑައިގަތެވެ.

ޕުޓިންގެ ދެ ބޭކަނބަލުންނަކީ ކެތުރީނާ އާއި މާރިއާއެވެ. މި ދެބޭކަނބަލުން ވެސް މިހާރު އުމުރުން ތިރީހުގެ އަހަރުތައް ގުނަމުން ދާއިރު އެއްވެސް ވަރަކަށް ސިޔާސީ ކަމެއްގައި ބައިވެރިއެއް ނުވެއެވެ. ޕުޓިންގެ ކައިވެނި ރޫޅުނީ 2013 ގައި އަދި އޭގެ ފަހުން އިތުރު ކައިވެންޔެއް ޕޫޓިން ކޮށްފައެއް ނުވެއެވެ.

ޕުޓިން އޮލިމްޕިކްގައި ޖިމްނާސްޓިކް އިން މެޑަލް ހޯދާފައިވާ އެލީނާ ކަބީވާ އާއި ޙާއްސަ ގުޅުމެއް ބޭއްވި ކަމަށް މީޑިއާގައި އަޑު ފެތުރިފައި ވީނަމަވެސް އެ ގުޅުމާއި ބެހޭގޮތުން ޕުޓިން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. މީޑިޔާތައް ބުނާގޮތުން ޕުޓިން ވަނީ އެލީނާއަށް ބައެއް އިމާރާތްތައްވެސް ގަނެ ދެއްވާފައެވެ.