English Edition
Dhivehi Edition
Game Of Thrones,

މައްޝޫރު ޖޯޖް އާތް އާތް މާޓިންގެ ހިޔާލީ ވާހަކަ “އަ ސޯންގް އޮފް އައިސް ފަޔާރ” ގެ މައްޗަށް ހަދާފައިވާ ސީރީސް ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާނާ ކައިވެނި ކުރަން ނިންމައިފިއެވެ.

2011 އެޕްރީލް 17 ގައި ފުރަތަމަ ނިކުތް ޖީއޯޓީގެ އެޕިސޯޑުންވެސް ފެނިގެންދިޔަ ސޯފީ ކައިވެނި ކުރަނީ އިންޑިޔާގެ އެކްޓާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ ނިކް ޖޯނަސްގެ ބޭބެ އަދި ލަވަކިއުންތެރިޔާ ޖޯ ޖޯނަސްއާއިއެވެ.

އެމެރިކާގެ ރިޕޯޓްތައް ބުނާގޮތުން ޖޯ އާއި ސޯފީ ކައިވެނި ކުރަން ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުގެ ހޫނު މޫސުމުގައިއެވެ. މި ޙަބަރު ފެތުރުނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ނިކް އާއި ޕްރިޔަންކާ އިންޑިޔާގެ ޖޯދުޕޫރްގެ ތާޖް އުމެއިދް ބަވަން ގަނޑުވަރުގައި ކައިވެނީ ވާފަށް ބަނދެވިގެންދިޔަ ފަހުންނެވެ. ޖޯ އާއި ސޯފީ އެންގޭޖް ކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގައިއެވެ.

ހޮލީވުޑްގެ ޙަބަރުތައް ފަތުރާ ފަރާތްތަކުން ބުނާ ގޮތުގައި ސޯފީ އަށް އޭނާގެ ކައިވެނީގެ ކަންތައްތަކާއިމެދު މިހާވަރަށް މި ވިސްނުނީ ނިކް އާއި ޕްރިޔަންކާގެ ކައިވެންޔަށް ދިއުމުންނެވެ.