English Edition
Dhivehi Edition

އައްޑޫ ސިޓީ މަރަދޫ ހުންނަ ސިޔާސީ ޕާޓީއެއްގެ އޮފީހުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ ތަކެތި ފުލުހުން ހޯދައިފިއެވެ.

ޑިސެމްބަރ 15ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މިތަކެތި ހޯދާފައިވަނީ، މަރަދޫ ފަޅުގެއެއްގެ ތެރެއިންނެވެ .

ފުލުހުން ހިންގި މިއޮޕަރޭޝަންގައި، އެއޮފީސް ހުރި ސަރަޙައްދުގައި ހުރި ފަޅުގެއެއް ބަލައިފާސްކުރިއިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ދެ އޭ.އެމް.ޕީއާއި، ދެ ޕްރޮޖެކްޓަރާއި، ހަތް ރިމޯރޓާއި، ކޭބަލްތަކަކާއި އަދި މޮޑަމެއް ވަނީ ފެނިފައެވެ.

މިމައްސަލައިގެ ތުހުމަތުގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާއިރު މި މައްސަލަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީގު ކުރަމުންނެވެ

ޓެގު