English Edition
Dhivehi Edition

ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއްކަމަށާއި ފިލްމީ ދާއިރާއަށް ނިކުމެވުނީ މާ އަވަހަށްކަމަށް މަޝްހޫރު ފިލްމީ ތަރި ކަރީނާ ކަޕޫރް ބުނެފިއެވެ

އުމުރުން 17 އަހަރުގައި ފިލްމީ ދާއިރާއަށް ނިކުތް ކަރީނާ ބުނީ މަތީ ތައުލީމު ހާސިލްނުކޮށް ފިލްމީ ދާއިރާއަށް ނިކުމެވުނު މޮޔަ މިހާރުހީވާ ކަމަށާއި ތައިމޫރް އަށް މަތީ ތައުލީމު ހޯދައި ދޭން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. “އަހަރެން މިހާރު ހިތަށް އަރާ މާ އަވަސް އަރުވާލައިގެން ފިލްމީ ދާއިރާއަށް ނިކުމެވުނީއޭ.މިހާރު ހިތަށް އަރާ ތަންކޮޅެއް ބޮޑަށް ކިޔެވުނުނަމައޭ”ކަރީނާ ބުންޏެވެ

މީގެ އިތުރުން ކަރީނާ ބުނީ އޭނާގެ އަތުގައި ޑިގްރީއެއް ނެތްކަމަށާއި އެހެންނަމަވެސް ތައިމޫރްއަށްމަތީ ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއް ހޯދައިދޭނެކަމަށެވެ.”ތައިމޫރް މަތީ ތައުލީމު ހާސިލް ކުރުމަށްފަހު ކުރަން ބޭނުންކަމެއް ކުރަންވީ. އެކަމަކު އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ތައުލީމު ހާސިލްކުރުން” ކަރީނާ ބުންޏެވެ.