English Edition
Dhivehi Edition

ފަހުގެ ދިރާސާއަކުން ދައްކާ ގޮތުގައި ކޮންމެ ހަފްތާޔަކު މަދުވެގެން 3 ފަހަރު ކަސްރަތުކޮށް އަދި ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ތަރުކާރީ އާއި މޭވާ ބޭނުންކުރާނަމަ ވިސްނުން ތޫނުވެ ޒުވާންކަމަށް ދައްކައެވެ.މި ދިރާސާ ކުރެވުނީ ދޮށީ އުމުރުގެ މީހުން ބޭނުންކޮށްގެން އެމީހުނުން ލައްވާ ހަފްތާޔަކު 100 މިނެޓު ވަންދެން ކަސްރަތު ކުރުވާ މޭވާއާއި ތަރުކާރީ ކެއުމުގައި ހިމަނައިގެންނެވެ.

މި ދިރާސާގައި އެނގުނު ގޮތުގައި މި މީހުންނަށް ކުރިއަށްވުރެ ރަނގަޅަށް ކަންކަން ދަސްވެ އަވަހަށް ކަންކަން ހައްލުކުރަން ދަސްވިއެވެ.160 މީހުން ހިމަނަައިގެން ކުރިއަށް ގެންދިޔަ މި ދިރާސާގައި ބައިވެރިވީ 65 އަހަރުގެ ސިއްޙަތު ރަނގަޅު ނަމަވެސް މަައްސަލަތައް ހައްލު ކުރުމާއި ކަންކަން ރޭވުމުގައި އެހާ މޮޅު ބައެއް ނޫނެވެ.

މީގެ ތެރެއިން ހަތަރުބައިކުޅަ އެއްބައި މީހުން 6 މަސްވަންދެން އުޅުނީ ހަފްތާޔަކު 3 ދުވަހު ކަސްރަތުކޮށް އަދި ހަށިގަނޑަށް ފަައިދާހުރި ތަކެތި ކައިގެންނެވެ.ހަ މަސްފަހުން މި މީހުންގެ ވިސްނުމަށް ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ.މިގޮތުން މި މީހުން ކުރިއަށްވުރެ މާ ފުރިހަމަޔަށް ކަންކަން ހައްލުކޮށް ދޭ ޓެސްޓުތަކުން މަތިން މާކުސް ހޯދިއެވެ.

ދިރާސާއިން އެނގުނު ގޮތުގަައި މިކަން މިހެން ވަނީ ކަސްރަތުކުރުމާއި ހަށިގަނޑަށް ފައިދާހުރި ތަކެތި ކެއުމުން ހަށިގަނޑުގެ ލޭ ދައުރުކުރާ ނިޒާމު ރަނގަޅުވެ ސިކުޑިޔަށް ސާފުލޭ އަވަށް ފޯރުކޮށްދިނުމުގެ ސަބަބުން ވިސްނުން ތޫނުވަނީއެވެ.

އެމެރިކާގެ ޑޫކް ޔުނިވާސިޓީގެ ރިސާޗާސް ކުރި މި ދިރާސާގައި ބައިވެރިވި 160 މީހުން ބަހާލާފައިވަނީ 4 ބަޔަކަށެވެ.ކުރިން ފާހަނގަކުރި މީހުންގެ އިތުރަށް ތިބި 3 ބައި މީހުންގެ ތެރެއިން އެއް ބަޔަކު ކުރީ ހަމައެކަނީ ކަސްރަތެވެ.ދެންތިބި މީހުން ކަސްރަތު ނުކޮށް ހަށިގަނޑަށް ފައިދާހުރި ކާނާކެއީއެވެ.އަދި ދެންތިބި މީހުންނަށް ބޭނުންކަމެއް ކުރަން ދޫކޮށްލާ ނަމަވެސް ސިއްހީ އިރުޝާދު ދިނެވެ.

މި ދިރާސާއިން ފާހަނގަވި ގޮތުގައި ކުރު މުއްދަތެއްގެ ތެރޭގައި ހަށިގަނޑަށް ގެންނަ ބަދަލެއްގެ ސަބަބުން ވިސްނުުމުގެ ބާރު ވަރަށް ބޮޑުތަން ބަދަލުކޮށްލާނެއެވެ.