އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަން ލިބުނީތީ ފަހުރުވެރިވާ ކަމަށް އިއްޔެ ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ހޯސޭ މޮރީނިއޯ ބުނެފިއެވެ.
ޔުނައިޓެޑްގެ ކޯޗު ކަމުގެ މަގާމުން މޮރީނިއޯ ވަކި ކުރިފަހުން ފުރަތަމަ ފަހަރަށް އެކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މެންޗެސްޓަރ ޔުނައިޓެޑްގެ ބެޖް ޖަހައިގެން މަސައްކަތް ކުރަން ލިބުމުން އެކަމާއި ފަހުރުވެރިވާ ކަމަށާއި މިވަގުތު ބޭނުމީ އަނބުރާ ފުޓްބޯޅާއިގެ ތެރެއަށް އާދެވެންދެން އަރާމު ކުރުމަށް ކަމަށެވެ.
މޮރީނިއޯ ޓީމުން ވަކިކުރީ އެޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.މެންޗެސްޓަރ ޔުނައިޓެޑްގައި މޮރީނިއޯ ވަނީ ދެ ސީޒަން ހޭދަކޮށްފައިވާއިރު އޭނާ ޔުނައިޓެޑް އާއި ގުޅުނީ 2016 ވަނަ އަހަރުގައެވެ.
މި ސީޒަނުގައި މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑަށް ލިބުނު 26 ޕޮއިންޓަކީ 91-1990 ސީޒަނުން ފެށިގެން އެޓީމު އެންމެ ދަށް ފެށުމެވެ. 2016 ވަނަ އަހަރު މޮރީނިއޯ ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރާއި ހަމައަށެވެ. މޮރީނިއޯ ވަނީ ޔުނައިޓެޑާއެކު ފުރަތަމަ ސީޒަނުގައި ޔޫރޮޕާ ލީގާއި ލީގު ކަޕް ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަން ހުސްއަތާ ނިންމާލިއިރު މި ސީޒަނުގައި މިހާރު އެޓީމަށް ވަނީ ގަދަ ހަތަރެއްގެ އުއްމީދު ވެސް ހަނިވެފައެވެ.
މޮރީނިއޯގެ ބަދަލުގައި ޔުނައިޓެޑުން ވަނީ މިހާރު އެ ކުލަބްގެ ވަގުތީ ކޯޗަކަށް އެޓީމުގެ ކުރީގެ ލެޖެންޑް ނޯވޭގެ އޮލެ ގުނަ ސޯލްޝެއާ ހަމަޖައްސައިފިއެވެ.
މޮރީނިއޯ ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގައިވެސް ޔުނައިޓެޑްގެ ބައެއް ކުޅުންތެރިންނާއި މައްސަލަ ޖެހިފައިވާއިރު ދުނިޔޭގެ ރެކޯޑް އަގަކަށް ޔުނައިޓެޑާއި ގުޅުނު ޕައުލް ޕޮގްބާ ވައިސް ކެޕްޓަނުގެ މަގާމުން ވަކިކުރިއިރު ފަހަކަށް އައިސް ޕޮގްބާ އަށް ފުރަތަމަ އެގާރައިން ފުރުސަތު ލިބެނީ މަދު މެޗެއްގައެވެ.
“އަހަރެންނަށް ހީވަނީ ހުރިހާ އެންމެނަށް އަހަރެންގެ މިޒާޖު ރަނގަޅަށް އެނގޭނެ ހެން.އަހަރެން ޗެލްސީ ދޫކޮށްލި އިރު ކަންތަށް ދިމާވި ގޮތަށް މިހާރު ވެސް ކަންތަށް މިވީ” 55 އަހަރުގެ މޮރީނީއޯ ބުންޏެވެ.
މޮރީނިއޯ ޔުނައިޓެޑްގައި ހޭދަކުރި މުއްދަތުގައިވެސް ޔުނައިޓެޑްގެ ބައެއް ކުޅުންތެރިންނާއި މައްސަލަ ޖެހިފައިވާއިރު 2015 ވަނަ އަހަރު ޗެލްސީގެ ކޯޗު ކަމުން އޭނާ ދުރުކުރި އިރުވެސް ވަނީ ސީނިއާ ގިނަ ކުޅުންތެރިތަކަކާއި މަސައްލަ ޖެހިފައެވެ. އަހަރެން ކޮންމެ މީހެއްގެ ވެސް ހުންނަ ރަނގަޅު ކަންތަކުގެ ވާހަކަ ފާހަގަ ކުރާނަން.އަހަރެން މީ ކުލަބް ދޫކޮށްލުމަށް ފަހު ކުލަބްގެ ވާހަކަ މީޑިޔާގައި ދައްކާ މީހެއް ނޫން.އަހަރެން ދިޔައަސް ދައްކާނީ ރަނގަޅު ކަންތަށް ތަކުގެ ވާހަކަ”މޮރީނިއޯ ބުންޏެވެ.މޮރީނިއޯ ބުނީ އޭނާ އާއި ނުލާވެސް މެންޗެސްޓަ ޔުނައިޓެޑްއަށް ރަނގަޅު މުސްތަގުބަލެ އެބަތޮތް ކަމަށާއި އޭނާ އަށް ވެސް ޔުނައިޓެޑްއާއި ނުލައިވެސް ރަނގަޅު މުސްތަގުލެ އޮންނާނެކަމަށެވެ.އެހެން ކަމުން މިވަގުތު ބޭނުން ވަނީ ފުޓް ބޯޅާއިގެ ވާހަކަ ނުދައްކައި އާއިލާއެކު ދިރިއުޅެން ކަމަށެވެ.