English Edition
Dhivehi Edition

ބާސެލޯނާއަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލިއޮނަލް މެސީއަށް ސީޒަންގައި އެންމެ ގިނަ ގޯލް ޖަހައިގެން ދޭ ޔޫރަޕްގެ ރަންބޫޓް ފަސްވަނަ ފަހަރަށް ހޯދައިފިއެވެ.

އެންމެ ގިނަ ލަނޑު ޖަހައިގެން ދޭ ރަންބޫޓް މެސީ ހޯދާފައިވަނީ މިދިޔަ ސީޒަންގައި އޭނާ ކާމިޔާބުކި 34 ގޯލާއިއެކުގައެވެ.

މެސީއަށް އޭނާގެ ފަސްވަނަ ރަންބޫޓް ހޯދި ރަސްމީޔާތުގައި ވާހަކަ ދައްކަމުން ބުނީ”ފުޓްބޯޅަ ކެރިއަރު ފެށިއިރު މިހާ ގިނަ ކާމިޔާބީތަކެއް ލިބޭނެ ކަމަށް އުއްމީދުނުކުރަން. އަހަރެން ބޭނުންވީ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅެގެން ކޮންމެވެސް ކާމިޔާބެއް ލިބޭތޯ މަސައްކަތް ކޮށް ކުރިއަށް ދެވެތޯ މަސައްކަތް ކުރުން”ކަމަށް މެސީ ބުންޏެވެ.

މެސީ ބުނީ ކޮންމެ ކާމިޔާބީ އެއްގެ ފަހަތުގައި ވެސް ގިނަ ބަޔަކު ވާނެކަމަށާއި އެގޮތުން އޭނާގެ މި ކާމިޔާބީ އެންމެ ބޮޑަށް ހާއްސަ ވަނީ އޭނާ ނިސްބަތް ބާސެލޯނާގެ މުޅި ޓީމް އަދި މެނޭޖްމެންޓް ކޮށްދޭ ބުރަމަސައްކަތް ކަމަށެވެ.

އަހަރެން މިހުރީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ޓިމުގައި. މި ޓީމުގައި ހުރެ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެހެނިހެން ގިނަ ކާމިޔާބީތަކެއް ލިބޭ. އެންމެ މޮޅެތި ކުޅުންތެރިން ވެސް ތިބީ މި ޓީމްގައި އެހެންވެ ގިނަ ކަންތައްތަކެއް އަހަންނަށް ފަސޭހަވެގެންދޭ.” މެސީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ގުރާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން މެސީ ބުނީ ލިއޯންއަކީ އެންމެ ވަރުހަގަދަ ޓީމް ކަމުގައި ނުވި ނަމަވެސް އެ ޓީމުން ވެސް ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށް އުންމީދު ކުރާކަމަށެވެ.

“އެ ޓީމްގައި އެތިބީ އެ ލެވެލްގެ ކުޅުންތެރިން.އެ ޓީމް މެންޗެސްޓަރ ސިޓީ އާއި ކުޅެފި.އެ މީހުންގެ ގޭމް އުނދަގޫވާނެ”މެސީ ބުންޏެވެ.

މެސީ މިރަންބޫޓް އާއި އެކު މެސީ ވަނީ އޭނާ އާއި އެންމެ ވާދަވެރި ކްރިސްތިއާނޯއަށް ވުރެ ގިނައިން މިއެވޯޑް ހޯދާފައެވެ. ރޮނާލްޑޯ އަށް ލިބިފައިވަނީ ހަތަރު ރަންބޫޓްއެވެ.