ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ ލިވަޕޫލްގެ ކުރީގެ ފުޓްބޯޅަ ލެޖެންޑް ޖެމީ ކެރެގާއާއި ދިމާއަށް ހިމާރަށް ގޮވިކަމަށް އޭނާ ބުނެފިއެވެ.
ސްކައި ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ކެރެގާ ބުނީ މެސީ އޭނާއާއި ދިމާއަށް ހިމާރަށް ގޮވާފައިވާ ކަމަށާއި މެސީ އޭނާއާއި ދިމާއަށް ހިމާރަށް ގޮވާފައިވަނީ އިންސްޓްގްރާމު މެދުވެރިކޮށް ފޮނުވި ޕްރައިވެޓް މެސެޖެއްގައި ކަމަށެވެ. ކެރެގާ ބުނީ އެ މެސެޖު އޭނާގެ އަތުގައި މިހާރުވެސް އެބަ އިން ކަމަށާއި ނަމަވެސް އެ މެސެޖު އާންމުކުރަން ބޭނުން ނުވާކަމަށެވެ.
” މެސީ އަހަރެންނާއި ދިމާއަށް ހިމާރަށް ގޮވި. އޭނާ އަހަރެންނާއި ދިމާއަށް ހިމާރަށް ގޮވީ އިންސްޓަގްރާމުން ޕްރައިވެޓް ކޮށް ފޮނުވި މެސެޖެއްގައި. އަހަރެން އެ މެސެޖު އާންމު ކުރާކަށް ބޭނުމެއް ނޫން.” ސްކައި ސްޕޯޓްސްއާއި ވާހަކަ ދައްކަމުން ކެރެގާ ބުންޏެވެ.
ކެރެގާ ބުނީ މެސީ އަކީ ދުނިޔޭގެ މިވަގުތު ތިބި އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އޭނާ މެސީއަށް ވަރަށް އިޙުތިރާމް ކުރާކަމަށެވެ. އަދި މެސީގެ އެ ހަޑިހުތުރު މެސެޖު އޭނާއަށް ރައްދުކުރަން ޖެހުނު ސަބަބުވެސް ނޭންގޭ ކަމަށާއި ނަމަވެސް މެސީގެ އެ މެސެޖަށް އޭނާ ރައްދުދޭން ބޭނުން ނުވާކަމަށްވެސް ކެރެގާ ބުންޏެވެ.
” މެސީއަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިއެއް. އަހަރެން އޭނާއަށް ވަރަށް އިޙްތިރާމް ކުރަން. އަދި މެސީގެ އެ ހަޑިހުތުރު މެސެޖައް ރައްދެއްވެސް ދޭކަށް ބޭނުމެއް ނޫން.’ ކެރެގާ ބުންޏެވެ.