English Edition
Dhivehi Edition

އަންހެނުންގެ ޙައްޤުތައް ކަށަވަރުކުރުމުގައި ހަމަހަމަކަން ޤާއިމުކުރުމަށް ހުރަސްއަޅާ އެކި ނުފޫޒުތަކާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ

ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގައިންސްޓް ވިމެން (ސީޑޯ)” ގެ ދަށުން ދައުލަތުން އދއަށް ހުށަހަޅަން ޖެހޭ 6 ވަނަ ޕީރިއަޑިކް ރިޕޯޓު ވެލިޑޭޓްކުރުމަށްޓަކައި، ކަމާ ގުޅުންހުރި ދާއިރާތަކާއެކު ބާއްވާ ވެލިޑޭޝަން ބައްދަލުވުން އިފުތިތާހުކުރުމުގެ ރަސްމިއްޔާތުގައި ޝިދާތާ ވިދާޅުވީ މިންތީގެ ދައުރާއި މަސްއޫލިއްޔަތުތަކާ މެދު ތަފާތުކުރުމުގެ ވިސްނުމެއް މުޖުތަމަޢުގައި އަދިވެސް ގެންގުޅެމުންދާކަމަށެވެ.

މިފަދަ ކަންކަން ޙައްލުކުރުމަކީ ކުރަންޖެހިފައިވާ މުހިންމު މަސައްކަތެއް ކަން ފާހަގަކުރައްވަމުން ޝިދާތާ ވިދާޅުވީ ޕީރިއަޑިކް ރިޕޯޓު ހުށަހެޅުމަށް ލިބިގެންދާ މުއްދަތަކީ މި ދާއިރާގައި ފާހަގަކުރެވޭ ހުސް ކަންކަން ދެނެގަންނަން ލިބޭ ރަގަޅު ފުރުސަތެއް ކަމުގައެވެ. އަދި މިއީ މިހާރު ގާއިމުކުރެވިފައިވާ ނިޒާމާއި ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ލިބިގެންދާ ފުރުޞަތެއް ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ

މި ވެލިޑޭޝަން ބައްދަލުވުމުގައި ދައުލަތުގެ އެކި އިދާރާތަކާއި، ސީޑޯގެ ސެކްޓޯރަލް ކޮމިޓީގައި މިނިސްޓްރީތައް ތަމްސީލުކުރާ ބޭފުޅުންނާއި، މިނިސްޓްރީތަކުގެ ޖެންޑަރ ފޯކަލް ޕޮއިންޓަކުގެ އިތުރުން އދގެ އެކިއެކި އޭޖެންސީތަކާއި، ޖަމުޢިއްޔާތައް ހިމެނޭގޮތަށް ޖުމުލަ 72 ފަރާތަކުން ވަނީ ބައިވެރިވެއެވެ

.