English Edition
Dhivehi Edition

ހުޅުމާލޭ ބަނދަރުގައި އޮތް ސަފާރީއެއްގައި، އަންހެނަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ދެމީހުން ދޫކޮށްލައިފިއެވެ.

ހުޅުމާލެ ކައިރީގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ. އެ މައްސަލައިގެ ތުހުމަތުގައި އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައިވައިވާއިރު އެމީހުން ދޫކޮށްލާފައިވަނީ އެދެމީހުންނާއި ދެކޮޅަށް ހެއްކެއް ފެނިފައި ނުވާތީ އާއި، އެމީހުން ހައްޔަރުގައި ބޭތިއްބުމަށް އެއްވެސް ސަބަބެއް ނުފެންނާތީ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިތުރަށް ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގައި ފަހަކަށް އައިސް އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަ އިތުރުވެފައިވާއިރު، ދާދި ފަހުން މާލޭ ގެސްޓްހައުސް އެއްގައި ވެސް ވަނީ 11 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކޮށްފައެވެ.