ޕޯޗުގަލް އަދި މިހާރު ޔުވެންޓަސްއަށް ކުޅޭ ކްރިސްތިއާނޯ ރިނާލްޑޯގެ ހުނަރުވެރިކަމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ރޮނާލްޑޯގެ ކުރީގެ ކޯޗު ކާލޯ އެންޗެލޯޓީ ބުނެފިއެވެ.
އެންޗެލޯޓީ ބުނީ ރޮނާލްޑޯ އުމުރުން ދުވަސްވި ކަމުގައި ވީ ނަމަވެސް ހުނަރުގެ ގޮތުން އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެއީ ހަމަ ކުރިން ވެސް އޭނާ ރިއަލްމެޑްރިޑްގައި ކޯޗުކަން ކޮށްދިން އިރު ހުރި ފެންވެރުގެ ރޮނާލްޑޯ ކަމަށެވެ.
ރޮނާލްޑޯ އާއި ކާލޯވާނީ ސްޕެއިންގެ ރިއަލްމެޑްރިޑްގައި އެކުގައި މަސައްކަތްކޮށް 2004 ވަނަ އަހަރު ޗެމްޕިއަން ލީގުގެ ތަށި އުފުލާލާފައެވެ.އެހެން ނަމަވެސް މިހާރު ރޮނާލްޑޯ އާއި އޭނާގެ ކުރީގެ ކޯޗު އެންޗެލޯޓީ އަކީ އިޓާލިއަން ލީގުގެ އެންމެ ވާދަވެރި ދެ ކުލަބްގައި ވާދަކުރާ ދެ މީހުންނެވެ.
“އަހަރެންނަށް ރޮނާލްޑޯގެ ކުޅުން މިފަހުން އެންމެ ގާތުން ފެނުނީ އަހަރުމެން ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު ދުވަހު.އަހަރެންނަށް އޭނާގެ ހުނަރާއި ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ކުރާ މަސައްކަތަށް ކުޑަވެސް ބަދަލެއް އައިސްފަ ހުރިތަނެއް ނުފެނޭ”އެންޗެލޯޓީ ބުންޏެވެ.”ހަރެންނަކަށް ރޮނާލްޑޯއަށް އެއްވެސް ބަދަލެއް އައިސްފަ ހުއްޓާ ނުފެނޭ.އޭނާ އަދިވެސް އެ ހުރީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި.އޭނާ އަކީ ނަތީޖާ ބަދަލު ގެނެވޭ ފަދަ ކުޅުންތެރިއެއް”އެންޗެލޯޓީ އިތުރަށް ބުންޏެވެ.
ޔުވެންޓަސްއިން މިސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ރޮނާލްޑޯ 100 މިލިއަން ޕައުންޑަށް ގެނެސްފައިވާއިރު އެންޗެލޯޓީގެ ނަޕޯލީވަނީ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ކަޓާފައެވެ.
“އަހަރުމެން ޓީމަށް ޔޫރަޕްގެ އެންމެ ވަރުގަދަ މުބާރާތުގެ ދެވަނަ ބުރަކަށް ނުދެވުނު.އެހެން ނަމަވެސް ދެން މަސައްކަތް ކުރާނީ ޔުރޮޕާ ލީގުން ދެވެން އޮތް އެންމެ ދުރަކަށް ދާން”އެންޗެލޯޓީ ބުންޏެވެ.
“ޔުރޮޕާ ލީގަކީ ފަސޭހަ ލީގެއް ނޫން.މީގެ ކުރިން މި މުބާރާތް ކާމިޔާބު ކުރެވިފައިވަނީ އެތްލެޓިކީ،ޗެލްސީ އަދި މެންޗެސްޓަރ ޔުނައިޓެޑް ފަދަ ވަރުގަދަ ކުލަބްތަކަށް ކަމަށް އެންޗެލޯޓީ ބުންޏެވެ.