English Edition
Dhivehi Edition

އައްޑޫ ސިޓީ ހިތަދޫ ލިންކްރޯޑްގައި ދުއްވާފައި ދިޔަކާރެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް ހަލާކުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ރޭ ހިތަދޫ ކުނިކޮށި ކައިރިން ލިންކްރޯޑްގައި ދުއްވާފައިދިޔަ ކާރުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ ރޭ 01:50 ހާއިރު ކަމަށެވެ.

މިހާދިސާގައި ކާރު ބޭނުންނުކުރެވޭވަރަށް ވަނީ އަނދާފައެވެ. ނަމަވެސް ކާރުގައި އެވަގުތު ތިބި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އައްޑޫލިންކް ރޯޑުގައި މިހާތަނަށް ނުރައްކާތެރިއެތައް އެކްސިޑެންޓެއް ހިނގާފައިވާއިރު އަލިފާން ރޯވުމުގެ އެތައް ހާދިސާއެއް މީގެކުރިންވެސް ހިނގާފައިވެއެވެ.