English Edition
Dhivehi Edition

ކުރިއަށް އޮތް ރައްޔަތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ އާ ޕާޓީގެ ނަމުގައި ކަމަށް ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ

އާދަމް ޝަރީފްގެ ފޭސްބުކް ޕެޛްގައި ވިދާޅުވީ މަޖިލީސް އިންތިހާބުގައި މަޑުއްވަރީ ދާއިރާއަށް ވާދަކުރައްވަން ނިންމާފައިވާކަމަށެވެ. އަދި އިންތިހާބުގައި ނިކުމެ ވަޑައިގަންނަވާނީ ރައީސް ޔާމީން އަލަށް އުފައްދަވާ ޕާޓީންކަމުގައި ޝަރީފްވަނީ ވިދާޅުވެފައެވެ

ޕީޕީއެމް ގެ ލީޑާރޝިޕުން އަލަށް ޕާޓީއެއް އުފެއްދުމުގެ ތައްޔާރީތައްވަމުންދާކަމުގެ ހަބަރުތައް ފެތުރިފައިވާއިރު މިކަމާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި އެ ޕާޓީގެ ފަރާތުން މީޑިއާ އާއި ހިއްސާކޮށްފައެއް ނުވެއެވެ.