English Edition
Dhivehi Edition

އިއްޔެ މާލޭގެ އިމާރާތެއްގެ 5 ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި އުމުރުން ހަތް އަހަރުގެ ރަވްޝަން ޖިއާންގެ ހަށިގަނޑު މިރޭ ބަންގަލަދޭޝްއަށް ފުރުވާލައިފިއެވެ.ޖިއާންގެ ހަށިގަނޑު ފުރުވާލައިފައިވަނީ މިރޭ 21:15 ހާއިރުއެވެ.ޖިއާންއަކީ ބަންގްލަދޭށުގެ ދެމެފިރިއެއްގެ ތިބި ދެކުދިންގެ ތެރެއިން އެއްކުއްޖެކެވެ.

މ. ނަލަހިޔާ މަންޒިލް މަތިން ސިމެންތި ބަސްތާ ވެއްޓުނީ، އެ އިމާރާތުގެ ހަވަނަ ބުރިއަށް ބަސްތާ އަރުވަން އުޅުމުގެ ތެރޭގައި ފަސް ވަނަ ބުރީގައި ޖެހި، ބަސްތާ ފަޅައިގެންގޮސް، އައްސާފައި އޮތް ވާގަނޑު ނެއްޓިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އިއްޔެ ހިނގި ސިމެންތި ބަސްތާ ވެއްޓުނު ހާދިސާ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްޤީޤު ކުރަމުދާއިރު މި ހާދިސާ އާއި ގުޅިގެން މާލޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓްތަކެއްގެ ސަލާމަތީ ކަންތައްތައް ބެލުމުގެ މަސައްކަތް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިހާރު ވަނީ ފަށާފައެވެ.