English Edition
Dhivehi Edition
އަލިފާނުގެ ހާދިސާގައި އަރި އަޅާލާފައިވާ އިމާރާތް ހުރި ސަރަހައްދު/ ފޮޓޯ ވަން އޮންލައިން

ދިވެހިރާއްޖެއަށް އިމާރާތް ކުރުމުގެ ބޭނުމަށް އެތެރެކުރާ ތަކެތީގެ ފެންވަރު ކަށަވަރުކޮށް ދޫކުރަމުންދާ މެޓީރިއަލް ކޮލިޓީ ޕާމިޓް ދޫކުރުން, އީދު ބަންދަށް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ އިމާރާތް ކުރުމުގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ އަސާސީ ބާވަތްތައް “އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ގަވައިދު’ ގެ ދަށުން މިހާރު އެ މިނިސްޓްރީއިން ދޫކުރަމުންދާ ކޮންސްޓްރަކްޝަން މެޓީރިއަލް ކޮލިޓީ ޕާމިޓް (ޕްރޮޑަކްޓް އެޕްރޫވަލް ސެޓްފިކެޓް) ދޫކުރުމުގެ ކަންކަން އަޟްހާ އީދަށް މެދުކަނޑާލުމަށް ނިންމާފައިވާ ކަމަށެވެ.

މިގޮތުންޖޫން 14، 2024 އިން ފެށިގެން ޖޫން 22، 2024 އަށް ހިދުމަތް މެދުކެނޑާލުމަށް ނިންމާފައިވާއިރު އަދި މިމުއްދަތުގެ ތެރޭގައި ހުށަހަޅާ އެޕްލިކޭޝަންތައް، ޖޫން 9، 2024 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ފަހުން ހުށަހަޅުމުން އެޕްލިކޭޝަންތައް ބަލާ ހުއްދަދިނުމުގެ ކަންކަން ކުރިއަށް ދާނީ ރަސްމީ ބަންދު ދުވަސްތައް ނިމުމުން، ޖޫން 23، 2024 އިން ފެށިގެން ކަމުގައި އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އިމާރާތް ކުރުމުގެ ދާއިރާގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރާ ތަކެއްޗަށް ހުއްދަ ހޯދުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ހުށަހަޅާ އެޕްލިކޭޝަންތައް މިހާރު ހުށަހަޅަމުން ދަނީ ވަންގަވް ޕޯޓަލް މެދުވެރިކޮށެވެ.