English Edition
Dhivehi Edition

އިންޑިޔާ ކަނޑުގައި އޮންނަ މި ކުޑަކުޑަ ރާއްޖެއަކީ ހިކިފަސްގަނޑަށްވުރެ ކަނޑު ބޮޑުގެ ސަރަހައްދު ބޮޑު ޤައުމެކެވެ.ދިވެހީން ކެއިން ބުއިމަށް ޒަމާނުއްސުރެ ކުރަމުން އަންނަނީ މަސްވެރިކަމެވެ.އަދި މިއީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ނާރޭ ބުނުމުން ދޮގަކަށް ނުވާނެއެވެ.2 މޫސުން އޮވެފައި މި ދެމޫސުމުގައިވެސް ދިވެހީން ތިބެނީ ކަނޑުމަސް ކައިގެންނެވެ.ނަމަވެސް މިހާރަކަށް އައިސް ކަނޑުމަސް މިވަނީ ބައެއް ގޭގޭގެ ސުފުރާމަތިން އެއްފަރާތްވާތަން ފެނެމުންނެވެ.ފަހަރެއްގައި ކަނޑުމަހުން އަހަރުމެންގެ ހަށިގަނޑަށް ކުރާ ފައިދާގެ ވާހަކަ ނޭގެނީ ކަމަށްވެސް ވެދާނެއެވެ.

މީރު އެއްޗަކާއި އަޅާބަލާއިރު ކަނޑުމަހަކީ ދުނިޔޭގައިވާ އެންމެ ހަށިގަނޑަށް ފައިދާލިބޭ ކާތަކެތީގެ ތެރެއިން އެކައްޗެވެ.ފެނު ކައްކައިގެންވިޔަސް ތެލުލައިގެންވިޔަސް ނުވަތަ ފިހެގެން ވިޔަސް ކަނޑުމަހަކީ އެ އެއްޗެއް ކެއުމުން ދުރުވާން ހެޔޮވާވަރުގެ އެއްޗެއްނޫނެވެ.ކަނޑުމަހަކީ އެއާއިގުޅޭގޮތުން ސައިންސްވެރިން އެތައް ދިރާސާތަކެއް ކޮށްފައިވާ އަދި އެތައް ގޮތަކުން ހަށިގަނޑަށް ފައިދާހުރި ބާވައްތައް ހިމެނޭ އެއްޗެކެވެ.

ކަނޑުމަހުގައި ނޫނީ ފަރު މަހުގައި ގިނަ އަދަދަކަށް ޕްރޮޓީން ހިމެނެއެވެ.އަދި ވިޓަމިން ޑީއާއި އޮމެގާ 3 ފެޓީ އެސިޑް މިއީ ހަށިގަނޑުގެ ހެދިބޮޑުވުމަށާއި ސިކުނޑިއަށް ވަރަށް މުހިންމު ބާވަތެކެވެ.އެހެންކަމުން ކޮންމެ ދުވަހެއްގެ ކެއުމުގައިވެސް ކަނޑުމަސް ބޭނުންކުރުން ވަރަށް މިހުންމެވެ.

އޮމެގާ 3 ފެޓީ އެސިޑަކީ ލޮލުގެ ފެނުން ރަނގަޅުކޮށްދޭ އަދި ލޮލުގެ ނާރާއި މަސްތައް ވަރުގަދަކޮށްދޭ އެއްޗެކެވެ.ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ގިނަ ވައްތަރުތަކުގެ ކެންސަރުންވެސް ރައްކާތެރިކޮށްދޭ އެއްޗެކެވެ.މިގޮތުން އުރަމަތީގެ ކެންސަރާއި ގޮހޮރުގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރުން ރައްކާތެރިކޮށްދެއެވެ.

ދި ޖާނަލް އޮފް ސައިކްކިއޭޓްރީ އެންޑް ނިއުރީސައިންސްގައިވާގޮތުން ކަނޑުމަސް ކެއުމުން ޑިޕްރެޝަންއަށް ދިއުން ކުޑަކޮށްދެއެވެ.އަދި މަހުގެ ތެލުގެ ސަބަބުން ޑިޕްރެޝަނަށްދާމީހުންވެސް އަވަހަށް ރަނގަޅުކޮށްދެއެވެ.