English Edition
Dhivehi Edition

އަވައްޓެރި އިންޑިޔާއަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހް މިއަދު ވަނީ އިންޑިޔާގެ ރައީސް އާއި ބޮޑުވަޒީރާއި ބައްދަލުކުރައްވައިފައެވެ.ރައީސް އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައި މިއަދު ވަނީ 4 އެއްބަސްވުމެއްގައި ސޮއި ކުރައްވާފައެވެ.އަދި މި ބަައްދަލުވުމަށްފަހު އިންޑިޔާގެ ބޮޑުވަޒީރު ވިދާޅުވީ އިންޑިއާ ކަނޑުގެ ސަލާމަތާއި، ރައްކާތެރި ކަމަށްޓަކައި ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުން ވަރަށް މުހިއްމު ކަމަށެވެ.

މިއަދުގެ މި ބައްދަލުވުމަށްފަހު މީޑިއާއަށް ދެއްވި ސްޓޭޓްމަންޓްގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، ރައީސް ޞާލިހް ހޯއްދެވި ކާމިޔާބީއަކީ އިންޑިއާއިން އުފާކުރާ ކާމިޔާބީއެއް ކަމުގައެވެ. އަދި ރައީސް ޞާލިހް އާއި ގުޅިގެން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އަދި މިގުޅުމުގެ ސަބަބުން ދެޤައުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ކުރިއަށް ގެންދަވާނެ ކަމަށްވެސް ބޮޑުވަޒީރު މޯދީ ވިދާޅުވިއެވެ.

މިއަދު ވަނީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއި ކުރަށްވައިފައިވެއެވެ. އެއީ ވިސާއާއި ގުޅޭ އެއްބަސްވުމަކާއި، ދަނޑުވެރިކަމުގެ ވިޔަފާރިއާއި ގުޅޭ އެއްބަސްވުމަކާއި، ހެރިޓޭޖާއި ގުޅޭ އެއްބަސްވުމަކާއި، އައިސީޓީ އާއި ގުޅޭ އެއްބަސްވުމެކެވެ.