English Edition
Dhivehi Edition

ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ސިމެންތި ބަސްތާއެއް ވެއްޓި އަނިޔާވި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖާގެ ކޮނޑު ހުޅު ނެއްޓިފައިވާ ކަމަށާއި އެ ކުއްޖާގެ ދެ ފައިޔަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ވެފައިވާކަމަށް އެ ކުއްޖާ ޙާލަތު ބެއްލެއްވުމަށް އައިޖީއެމްއެޗަށް ވަޑައިގަތް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މޭޔަރު ޝިފާ އޮންލައިން ނިއުސް “ސަން” އަށް ދިން އިންޓަވިޔުއެއްގައި ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑުގެ ތެރެއަށް ލޭ އެޅިފައިވާ ކަމަށާއި، ނޭވާލުމުގައި ވެސް ދަތިތަކެއް ހުރި ކަމަށެވެ. އަދި އެކުއްޖާޔަށް ކުއްޖާ އަށް ބީ ޕޮޒިޓިވް ލޭ ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެ ކަމަށް އާންމުންގެ އެހީއަށް އޭނާ އެދިވަޑައިގެންނެވިއެވެ.

މ. ނަލަހިޔާ މަންޒިލް މަތިން ސިމެންތި ބަސްތާ ވެއްޓުނީ، އެ އިމާރާތުގެ ހަވަނަ ބުރިއަށް ބަސްތާ އަރުވަން އުޅުމުގެ ތެރޭގައި ފަސް ވަނަ ބުރީގައި ޖެހި، ބަސްތާ ފަޅައިގެންގޮސް، އައްސާފައި އޮތް ވާގަނޑު ނެއްޓިގެން ކަމަށް މައުލޫމާތު ލިބެއެވެ.

“އޭއޯ ނިއުސް” އަށް އެނގިފައި ވާގޮތުގައި މި ނުރައްކާތެރި ހަދިސާގައި އަނިޔާ ލިބިފައިވަނީ ބަންގްލަދޭޝް އަށް ނިސްބަތް ވާ ކުއްޖަކަށެވެ.