ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސްފުޓްބޯލް ޑޮޓް ކޮމް ގުޅިގެން ބާއްވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރާ ހަ ކުޅުންތެރިންގެ ނަން އިބްރާހިމް މަހުދީ(ހާބޭސް އިއްބެ) އިއުލާން ކޮށްފިއެވެ.
މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަ ކުރާ ހަ ކުޅުންތެރިންނަކީ މިދިޔަ އަހަރު މި އެވޯޑް ހޯދި ނިއުރެޑިއަންޓްގެ އަލީ ފާސިރު (ސެންޓޭ)، މާޒިޔާގެ ނާއިޒް ހަސަން(ދާދު)، ޓީސީ ސްޕޯޓްސް ކްލަބްގެ އިބްރާހިމް މަހުދީ(ހަބޭސް އިއްބެ)، އިބްރާހިމް ވަހީދު ހަސަން، ކްލަބް އީގަލްސްގެ އަހުމަދު ރިޒުވާން އަދި ނިއު ރޭޑިއަންޓާއި ޓީސީ އަށް މި ސީޒަނުގައި ކުޅުނު އަލީ އަޝްފާގް އެވެ.
މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެންމެ ރީތި ގޯލު (ޖޫލޭ އެވޯޑް)ގެ އިތުރުން ފޭން އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި އަހަރު އަލަށް އަންހެން ކުޅުންތެރިންގެ އަގުވަޒަން ކުރުމުގެ ގޮތުން ދެ އެވޯޑެއް ދިނުމުގެ އިތުރުން އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާ އާއި އެންމެ މޮޅު ގޯލުކީޕަރު ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރާ ހަތަރު ކޯޗުންނަކީ މާޒިޔާގެ އިސްމާއިލް މަހެފޫޒް (އިންމަ) އާއި ޓީސީގެ މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި ކްލަބު އީގަލްސްގެ މުހައްމަދު ޝިޔާޒް (މޯހަން) ގެ އިތުރުން ނިއު ރޭޑިއަންޓަށް ކޯޗު ކޮށްދިން އޮސްކާ ބްރުޒޮން އެވެ.
މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގައި ވޯޓް ދިނުމަށް ހަމަޖެހިފައިވަނީ ފުރަތަމަ ޑިވިޝަނުގެ ކޯޗުންނާއި ކެޕްޓަރުންގެ އިތުރުން ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަނުގެ ކޯޗުންގެ އިތުރުން ބައެއް ކުޅިވަރު ނޫސްވެރިންނެވެ.
މޯލްޑިވްސް ފުޓް ބޯލް އެވޯޑްސްގައި ދިނުމަށް ހަމަ ޖެހިފައިވާ އަހަރުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ދެ އެވޯޑް ދަގަނޑޭ ވަނީ 42 ލަނޑު ޖަހައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަށް ދޭ ރަން ބޫޓް ކަށަވަރުކޮށްފައެވެ.