އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެންމެ ފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓާރ ސިޓީ އަމިއްލަ ދަނޑުގައި އެވަޓަން ބަލިކޮށް ލީގުގެ އެއްވަނަ މަގާމަށް ޖެހިލައިފިއެވެ.
ލީގުގައި މި ދެޓީމް ކުޅުނު ފޯރި ގަދަ މިމެޗު ސިޓީއިން ކާމިޔާބުކޮށްފައިވަނީ 3-1 ލަނޑުގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ނަތީޖާ އާއި އެކު މެންޗެސްޓަރ ސިޓީ ލީގު ތާވަލުގެ އެއް ވަނައަށް އަލުން ޖެހިލައިފިއެވެ. މި މެޗުގެ ކުރިން ސިޓީ އޮތީ ލިވަޕޫލްއަށް ވުރެ އެތް ޕޮއިންޓް ފަހަތުން ދެ ވަނައިގައެވެ. މިރޭގެ މެޗުން މޮޅުވެ ސިޓީ 44 ޕޮއިންޓާއެކު އެއް ވަނަ މަގާމަށް އެރިނަމަވެސް މިރޭ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑް ބަލިކޮށްގެން ލިވަޕޫލަށް އެއް ވަނަ ހޯދުމުގެ ފުރުސަތު އެބައޮތެވެ. ލިވަޕޫލް މިވަގުތު ދެ ވަނައިގައި މިވަގުތު އޮތީ 42 ޕޮއިންޓާއެކުއެވެ.
ސިޓީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ސިޓީގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްދިން ބްރެޒިލްގެ ގެބްރިލް ޖީސުސް ވަނީ މިމެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 22 ވަނަ މިނެޓުގައި ގެބްރިއަލް ޖީސަސް ކާމިޔާބުކޮށްދިން އިރު އޭނާ ގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ދެ ވަނަ ހާފު ފެށިތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ. ޖެބްރިއަލްގެ ލަނޑުން ސިޓީ ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް އެވަޓަންއިން ވަނީ ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް މެޗުގެ 65 ވަނަ މިނެޓުގައި މެޗުގެ ލީޑު ކުޑަކޮށްފައެވެ. މިލަނޑު އެވަޓަންއަށް ކާމިޔާބުކޮށްދީފައިވަނީ ޑޮމިނިކް ކެލްވަޓް-ލެވިންއެވެ.
ސިޓީން މެޗުގެ ތިން ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރަހީމް ސްޓާލިން އެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ރޭގެ މެޗުގައި ޓީމުގެ ކުޅުމާއި ދެތެރޭ ވަރަށް ބޮޑަށް ހިންހަމަ ޖެހޭ ކަމަށެވެ.
މީގެ އިތުރުން އޭނާ ބުނީ ރޭގެ މެޗުގައި ދެ ގޯލު ޖެހި ޖީސޫސް މެޗުގައި ދެއްކި ކުޅުމާއި މެދު ވަރަށް ބޮޑަށް ހިންމަ ޖެހޭ ކަމަށާއި ކުރިއަށް ހުރި މެޗު ތަކުގައި އޭނާގެ ގިނަ ލަނޑުތަކެއް ފެންނާނެ ކަމަށް އުންމީދުކުރާކަމަށް ލިވަޕޫލްގެ ކޯޗު ބުންޏެވެ.
ކޯޗު ގާޑިއޯލާ ބުނީ މިދިޔަ ހަފްތާގައި ޗެލްސީ އަތުން ބަލިވެ އަދި ޗެމްޕިއަންސް ލީގުގައި ކުޅުނު އުނދަގޫ މެޗަށްފަހު މިރޭ މޮޅެއް ލިބުމުން ހިތްހަމަޖެހޭ ކަމަށެވެ.
ތިން ލަނޑު ޖެހުމަށްފަހު ސިޓީން ވަނީ އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރި ކެވިން ޑެބްރޫން މެޗުގެ 71 ވަނަ މިނެޓުގައި ކުޅެން އަރުވައިފައެވެ. މިއީ މިދިޔަ މަހުގެ އެއް ވަނަ ދުވަހުގެ ފަހުން ޑެބްރޫން ކުޅުނު ފުރަތަމަ މެޗެވެ. މި މޮޅާއެކު ސިޓީ ވަނީ ލީގުގައި މި ސީޒަނުގައި އަމިއްލަ ދަނޑުގައި ކުޅުނު ހުރިހާ މެޗަކުންވެސް މޮޅުވެފައެވެ.