English Edition
Dhivehi Edition
ފޮޓޯ: އައިލެންޑް ނިއުސް އެމްވީ

ގާނޫނުގެ ބާރު އެންމެންގެ މައްޗަށް ހިނގާނެ ކަމަށާއި މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވިއްޖެ ނަމަ އެކަމަށް ޖަވާބުދާރީ ވާންޖެހޭނެކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ހޯމް މިންސްޓަރު އިމްރާން އެގޮތަށް ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ފުލުހަށް ހާޒިރު ކުރަން ހަމަޖެހިފައި ވަނިކޮށެވެ. ޔާމީން ފުލުހަށް ހާޒިރުކުރަނީ ގަވާއިދާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތުކޮށެވެ
ހޯމް މިންސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، “ރައްޔިތުންނަށް ލިބިފައިވާ އަނިޔާތަކަށް އިންސާފު ހޯދައިދިނުމާ، ރައްޔިތުންގެ މާލިއްޔަތުން ނުހައްގަން ގެއްލިފައިވާ މުއްސަނދިކަން އަނބުރާ ހޯދުމަކީ ބޮޑު އަމާޒެއް” ކަމަށެވެ.

ކުރީގެ ރައީސް ޔާމީން މިއަދު 14:00 ގައި ފުލުހަށް ހާޒިރު ކުރާއިރު، އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ވެސް ކޯޓު އަމުރެއްގެ ދަށުން މިހާރު ވަނީ ހިފަހައްޓައިފަ އެވެ. ޔާމީން ފުލުހަށް ހާޒިރު ކުރަނީ އެމަނިކުފާނުގެ އިސްލާމިކް ބޭންކަށް އެއް މިލިއަން ރުފިޔާ ޖަމާކޮށްފައިވާ މައްސަލައިގައެވެ