އައްޑޫ ސިޓީ މީދޫ މަތިކިޅީގައި ހަދަމުންދާ އިކޯ ގާރޑަން އަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުއްދަ ހޯދުމަށް އެ މަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ ފަރާތްތަކުން އެދިފިއެވެ
އެ ފަރާތުން ވަނީ އިކޯ ގާރޑަން ހެދުމުގެ މަސައްކަތް ކުރިއަށްދާތީ ތަނަށް ލިބިދާނެ ގެއްލުމަކަށްޓަކައި ހުއްދަ ހޯދައިގެން ވަޑައިގަތުމަށް އެދިފައެވެ.އަދި އެ ފަރާތުންވަނީ އެކޯ ގާރޑަންއަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކުން 7595888 މި ނަންބަރަށް ގުޅުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް ބުނެފައެވެ.މަތިކިޅީގައި ހަދަމުންދާ ވޯޓާ ގާޑަންއަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރަމުންދާއިރު މި މަސައްކަތަކީ ވަރަށް ގިނަ ވަގުތާއެކު، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ހަދަމުންދާ ތަނެއްކަމުން އެ ސަރަހައްދުގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް އަމަލުތައް ބެހެއްޓުމަށްވެސް އެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުންވަނީ އެދިފައެވެ
އައްޑޫ މީދޫ މަތިކިޅި، ކުޅިއާއި ޗަސްބިމުގައިވާ ފެންގަޑެއް ހިމާޔަތް ކުރުމުގެ މަސައްކަތް އެރަށުގެ އާއްމުންގެ ބަޔަކު ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭގައެވެ
ފެންފިލަކޯރަކީ މަތިކިޅީގެ މެދުގައި ޒަމާނުއްސުރެ އޮންނަ ފެންގަޑަކަށްވާއިރު އެތަނަށް ފެންފިލަކޯރޭ ކިޔަނީ އިހުޒަމާނުގައި އެތަނަކީ ވަރަށް ބޮޑު ސަރަހައްދަކަށް ފެތުރިގެން ގޮސްފައިއޮތް ފެންގަޑަކަށް ވުމާއި އެފެންގަޑުގައި ގިނަ އަދަދަކަށް ފެންމީރުމަސް ނުވަތަ ފެންފިލަ ހުންނާތީއެވެ.